ހަބަރު
31 Aug 2019 | 19:17
ފޯޅަވަހީގެ މައްސަލަ: މޮރިޝަސްއާއި ދެކޮޅަށް ވޯޓުލުމުން އެންމެ ފަހުން މަޝްވަރާގެ މޭޒަށް!

ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ މޮރިޝަަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން އެކަމާއި ދެކޮޅަށް ވޯޓުދިނުމުން، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި މޮރިޝަސްއިން ދިވެހިރާއްޖެއާއި އެކު މަޝްވަރާ ކުރަން ފަށައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ރޭ އޮތް ޕެނަލް ޑިސްކަޝަންއެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ނެގުނު އެ ވޯޓުގައި ފޯޅަވައްސަކީ މޮރިޝަސްގެ މިލްކެއް ނޫންކަމަށް ބުނެ ވޯޓުލީ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނީ ފޯޅަވައްސާއި ދިވެހިރާއްޖޭގެ ސަރަަހައްދީ އިމުގެ މައްސަލަ ޖެހިފައި އޮވެ، އެ މައްސަލަ ހައްލުކުރުމަށް އދ.އަށް ހުށައަޅާފައި އޮތުމުން ކަމަށެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މޮރިޝަސްއަށް ފޯޅަަވަހި ލިބިއްޖެނަމަ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ބައެއްގެ މިލްކުވެރިކަން ދިވެހިންނަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއިން އދ.ގައި އެގޮތަށް ވޯޓުދިނުމުގެ ސަބަބުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ދިވެހިރާއްޖެއާއި މޮރިޝަަސްއިން މިހާރު މަޝްވަރާތައް ފަށާފައިވާކަމަށެވެ. ނަމަވެސް ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް ހައްލެއް ނާންނަހާ ހިނދަކު، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން ވޯޓުލީ ގޮތް ބަދަލު ނުވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

2010 ވަނަ އަަހަރު ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ބޮޑުކުރުމަށް އދ.އަށް ހުށައެޅި މައްސަލައަށް މޮރިޝަސްއިން ވަނީ ދެކޮޅު ހަދާފައެވެ.

އޭރު އެ ގައުމުން ބުނެފައިވަނީ ރާއްޖެއިން އިތުުރުކުރަން އެދޭ ކޮންޓިނެންޓަލް ޝެލްފް ސަރަހައްދުގައި ފޯޅަވަހީގެ އީއީޒެޑް ފާހަގަކޮށްފައި ނުވާކަމަށެވެ. އަދި ރާއްޖެއިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށްބުނެ އެ މައްސަލައިގައި މަޝްވަރާ ކުރުމަށްފަހު އެއްބަސްވުމަކަށް އައުމަށް ގޮވާލިއެވެ. އޭރު މި މަޝްވަރާތައް އެއްވެސް ވަރަަކަށް ކުރިއަށްދިޔަކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.