02 Sep 2019 | 15:31
ގުނަވަންތައް ބަދަލުކުރުމުގެ ޚިދުމަތް ލަންކާއިން ދިވެހިންނަށް ފޯރުކޮށްދެނީ

ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް ކިޑްނީ އާއި ހަށިގަނޑުގެ އެހެން ގުނަވަންތައް ބަދަލުކުރުން ނުވަތަ އޯގަންޓްރާންސްޕްލާންޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިއްޖެއެވެ.

ސްރީލަންކާއިން ވަނީ އެޤައުމުގެ ރައްޔިތުން ނޫން އެހެން މީހުންނަށް އެޤައުމުގައި އޯގަންޓްރާންސްޕްލާންޓްގެ ޚިދުމަތް ދިނުން މަނާކޮށްފައެވެ.

އެހެންނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ދިވެހި ބައެއް ޕޭޝަންޓުންނަށް ސަރުކާރު މެދުވެރިވެގެން އެޚިދުމަތް ވަނީ ފަހިކޮށްދީފައެވެ.

މިކަމާއި ގުޅޭ ރަސްމީ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ. ސްރީލަންކާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އެންޑް ސޯޝަލް އެމްޕަވަރމެންޓް ދަޔާ ގަމަގޭ އެވެ.

އަދި މިހާރު ލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް މިޚިދުމަތް ދޭން ފަށާފައިވާއިރު، ދިވެހިރާއްޖެއަކީ ސްރީލަންކާއިން މިފަދަ ފުރުސަތެއް ފަހިކޮށްދިން ފުރަތަމަ ޤައުމެވެ.

ސްރީލަންކާއަކީ ބޭސްފަރުވާއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ޤައުމަކަށްވެފައި، އޯގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް އެޤައުމުން އަނެއްކާވެސް ލިބިގެން ދިޔުންވާނީ މިފަދަ ސިއްހީ ޚިދުމަތަކަށް ބޭނުންވެފައިވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ