ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަން މާލެ-ޓްރިވެންޓަރަމް ޓިކެޓް ހުސްވެއްޖެ

04 Sep 2019 | 21:17

މޯލްޑިވިއަންގެ މާލެ- ޓްރިވެންޑްރަމްގެ ޓިކެޓް ސްކޫލް ބަންދާއި ދިމާކޮށް ހުސްވެއްޖެއެވެ.

އެގޮތުން ނޮވެންބަރު 15 އިން 29 އަށް މޯލްޑިވިއަންގެ ޓްރިވެންޑްރަމް ފްލައިޓްގެ ހުރިހާ ޓިކެޓެއްވަނީ ބުކްކުރެވިފައެވެ.

ޓިކެޓް ވިއްކާ ފަރާތަކުން "ވޮއިސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި ދުވަސްކޮޅަށް މޯލްޑިވިއަންގެ ޓިކެޓް ހުސްވެފައިވަނީ އިންޑިއާގެ ޓީޗަރުން ފުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނަގާފައިވާތީ ކަމަށް ބެލެވޭކަމަށެވެ.

އެފަރާތުން މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މީގެ ކުރިންވެސް އިންޑިއާ ޓީޗަރުން ޗުއްޓީއާއި ދިމާކޮށް ފުރާކަމަށާއި މިގޮތައް މިހާ ކުރިން ޓިކެޓް ހުސްވެފައި ނުވާކަމަށެވެ.

ސްކޫލް ބަންދާއިއެކު ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަދި ޗުއްޓީއަށް އިންޑިއާއަށް ދަމުންދެއެވެ. ނަމަވެސް މިހާ ކުރިން ޓިކެޓްތައް ބުކް ކުރެވުމުން މި ދުވަސްވަރު ޓިކެޓް ގަންނަން ޖެހޭނީ އިންޑިއާގެ އެއާލައިންތަކުން ބޮޑު އަގުގައިކަމަށް ޓިކެޓް ވިޔަފާރި ކުރައްވާ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

މި މައްސަލާގައި މޯލްޑިވިއަންއިން ވަކި އެއްޗެއްކޭ ވިދާޅުވެފައިނުވެއެވެ.

Advertisement

ކޮމެންޓް