08 Sep 2019 | 13:45
ނޭމާ ގެނައުމުގެ މަސައްކަތް ނުކުރާނެކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއޯ ބުނެފި

ޖެނުއަރީ މަހު ހުޅުވާލާ ޓްރާންސްފާގައި މާކެޓްގައި ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ގެނައުމުގެ މަސައްކަތް ނުކުރާނެކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއޯ ބުނެފިއެވެ.

ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސެލޯނާ ވަނީ ނޭމާ އެ ކްލަބަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް 222 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ޕީއެސްޖީއަށް ބަދަލުވި ނޭމާ އަކީ މިވަގުތު ދުނިޔޭގަ ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޕީއެސްޖީގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވި ނަމަވެސް އޭނާ ވަނީ އެ ކްލަބަށް 34 ގޯލް ކާމިޔާބުކޮށްދީ މިހާތަނަށް ކުޅުނު މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ބާސެލޯނާގެ އޮފިޝަލް ޓީވީ ޗެނަލްއަައި ވާހަކަ ދައްކަމުން އެ ކްލަބުގެ ރައީސް ބުނީ މި ސީޒަނަށް ޓީމުގައި ހިމެނޭ ކުޅުންތެރިން ވަނީ އެކުލަވާލެވިފައި ކަމަށެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި ނިމިދިޔަ ޓްރާންސްފާ މާކެޓުގައި ނޭމާ ހޯދުމަށް ބާސެލޯނާއިން މަސައްކަތް ކުރީ އެކަން ކުރުމުގެ ފުރުސަތު ފަހިވުމުން ކަމަށައި އެއީ ދުރާލާ ރާވައިގެން ކުރި ކަމެއް ނޫން ކަމުގައެވެ.

ނޭމާ ހޯދުމުގައި ނާކާމިޔާބުވިނަމަވެސް ބާސެލޯނާއިން ވަނީ އެޓްލެޓިކޯ މެޑްރިޑްގެ ފޯވަޑް ގްރިޒްމަންގެ ސޮއި ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ