16 Sep 2019 | 00:02
ރާއްޖޭގައި އިސްލާމް ދީން އޮންނާތީ ކަންބޮޑުވާ މީހަކު އެބަހުރި، އެއީ ނަޝީދު: ގާސިމް

ރާއްޖޭގައި އިސްލާމް ދީން އޮންނާތީ ކަންބޮޑުވާ މީހަކު އެބަހުރި ކަމަށާއި، އެމީހަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވެ ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީއަށް ބައެއް މެމްބަރުން ގުޅިވަޑައިގަތުމަށް މިރޭ މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، ރާއްޖޭގައި ގާތްގަނޑަކަށް 900 އަހަރުވަންދެން އިސްލާމް ދީން އޮންނަ އޮތުމާމެދުގައި މީހަކު ކަންބޮޑުވެގެން އުޅޭކަމަށާއި އެއީ ވަަރަށްވެސް ދެރަ ކަމެއް ކަމަށެވެ.

ގާސިމް އެހެން ވިދާޅުވިއިރުު، ދިވެހިން ހެދުން އަޅާ ގޮތަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރޭގެ ވަގުތެއްގައި ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ ސަގާފަތުގައި އޮތް ގޮތް ދޫކޮށްގެން ނުވާނެ ކަމަށެވެ. އަދި އިހުގައި ދިވެހިން ހެދުން އަޅަމުން ދިޔަގޮތާއި މިހާރު ދިވެހިން ހެދުން އަޅަމުންދާގޮތް ވަރަށް ތަފާތު ކަމަށެވެ.

އެކަމާ ގުޅިގެން އެތައް ދީނީ އިލްމުވެރިންނެއް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އެމީހަކީ ކާކުތޯ އަޅުގަނޑު، ކޮށި ކުޑަކޮށްލާފައި ގެންނަ ކަމަަށް ވަންޏާ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް މިއަދު ހުންނެވި މުހައްމަދު ނަޝީދު" މިރޭ ކުނޫޒުގައި ވާހަކަ ދަައްކަވަމުން، ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި މި ގައުމުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަަކަށް ހުންނަވައިގެން އެފަދަ ވާހަކަފުޅެއް ދައްކަވަނީ އެއީ ކޮންފަދަ ވާހަކައެއްކަން، އެމަނިކުފާނަށް(ނަޝީދަށް) އެނގިވަޑައިގަންނުގަންނަވާތީ ކަމަށެވެ.

ގާސިމް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް، އެފަދަ ވާހަކަތައް ނުދެއްކުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް