Advertisement

ދަރިންނަށް ނަސޭހަތްދޭ ކަންކަން ފުރަތަމަ ތިބާ އިސްލާހު ކުރޭ!

18 Sep 2019 | 12:10

ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ކޮންމެ މަންމައެއް، އަދި ބައްޕައެއްވެސް ބޭނުންވާނެ ކަމެކެވެ.

އެގޮތުން ދަރިންނަށް ރަނގަޅު ނަސޭހަތްދީ، ހެޔޮ ގޮތްތައް ބުނެދިނުމަކީ މައިންބަފައިން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވަނީ ވެފައެވެ. ދެން އުފެދޭ ސުވާލަކީ ދަރިފުޅަށް ރަނގަޅު ގޮތް ބުނެދިނުމުން އެކަނި ފުދޭތޯއެވެ؟ އެ ހިސާބުން މަންމަ ނުވަތަ ބައްޕަގެ ޒިންމާ އަދާވީތޯއެވެ؟

ކުޑަކުދިން ގޯސް ބަސްތައް ބޭނުން ކުރަނީ ކީއްވެހެއްޔެެވެ؟ އެއީ އެކުދިންނަށް އެފަދަ ބަސްތައް އިވޭތީއެވެ. ކުދިން ދަސްކުރާނީ އެކުދިންނަށް ފެންނަ ކަންކަމެވެ. ތިބާގެ ދަރިފުޅު ބޮޑާ ހާކާނަމަ، އެކަމަށްވެސް ސަމާލުކަން ދޭށެވެ. ދަރިފުޅު އެގޮތަށް އެކަން ކުރަނީ ތިބާގެ ސަމާލުކަން ހޯދާށެވެ.

ތުއްތު ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ދެނެގަނެ، ކަންކަން ދަސްކުރާ ބައެކެވެ. އެކުދިންނެކޭ "ކްލޭ" ފަދަ ބައެކެވެ. ބޭނުން "ޝޭޕެއް" އެކުދިންގެ ވިސްނުމުގައި ޖެއްސިދާނެއެވެ.

ދަރިން ގާތުގައި ހަމައެކަނި ނަމާދު ކުރާށޭ ބުނެ އެކަން ނިންމާނުލާށެވެ. ނަމާދު ކުރާ މަންޒަރު އެކުދިންނަށް ދައްކާށެވެ. ޤުރުއާން ކިޔަވާއިރުވެސް ދަރިފުޅު ކައިރީގައި ބައިންދައިގެން އެކަން ކުރާށެވެ.

ތިބާ އަކީ ސިނގެރޭޓް ބޯމީހަކަށްވެ ހުރެ، ދަރިން ގާތުގައި އެކަން ނުކުރަން ނުބުނާށެވެ. ސަބަބަކީ ދަރިން ކޮޕީ ކުރާނީ އެކުދިންނަށް ފެންނަ ކަންކަމަށް ވުމެވެ. ކުރުކޮށް ބުނާނަމަ، ތިބާގެ ދަރިފުޅުގެ ފަރާތުން ފެންނަން އެދޭ ސިފަތައް، ތިބާގެ ކިބައިގައި އަށަގަންނުވާށެވެ.

ކުޑަ ކުޑަ މިސާލެކެވެ. ބްރޮކޮލީ އަކީ ފައިދާ ހުރި އެއްޗަކަށް ވާތީ އެ ކާން ދަރިފުޅު ކައިރީގައި ތިބާ އެބަ ބުނަމުއެވެ. އެހެންނަމަވެސް ތިބާއަށް، މިސާލަކަށް އެ ނުބައެވެ. އެހެންކަމުން ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން ތިބާ ފުރަތަމަ ބްރޮކޮލީ ކާށެވެ! 

Advertisement

ކޮމެންޓް