18 Sep 2019 | 14:11
ނާލު އެކްސްޕްރެސް: ބޭރުން ވިޔަފާރިކޮށް ޝިޕްކުރުމަށް ޙައްލެއް!

ވެބްސައިޓްތައް މެދުވެރިކޮށް ޝޮޕިންގ ކޮށްލުމަކީ މިޒަމާނުގައި ނުހަނު ފަސޭހަ ކަމަކެވެ. ކޭޝް ކާޑެއް އޮތިއްޔާ ވަގުތުން ހިތް އެދޭ އެތި ގަނެ ފައިސާ ދައްކާލެވޭނެއެވެ. އެހެނަސް ގަންނަން ބޭނުންވާ އެތި ރާއްޖެއަށް ޝިޕް ނުކޮށްދޭނަމަ ފަސޭހައިން ގަނެލުމުން ލިބޭނެ ފައިދާއެއް ނެތެވެ. ގިނަ ވެބްސައިޓްތަކުން ޝިޕްކޮށްނުދޭތީ އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ވިޔަފާރި ކުރުމަށް ހުރަހަކަށްވެއެވެ. މިހުރަސް ނައްތާލުމަށް އޮތް ހައްލު "ނާލު އެކްސްޕްރެސް" އިންވަނީ ތައާރަފްކޮށްފައެވެ.

“ނާލު އެކްސްޕްރެސް”އަކީ ރާއްޖޭގެ ކުންފުންޏެއްކަމުގައިވާ އީ-ލޮޖިކްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ޝިޕިންގ ސޮލިއުޝަން ދޭ ކުންފުންޏެކެވެ. މިއީ ބައިނަލްއަގްވާމީ ޝިިޕިންގ ސާރވިސްއެއް ކަމުގައިވާ "ޝޮޕް އެންޑް ޝިޕް"އާއި ގުޅިގެން އެފަރާތުން ފޯރުކޮށްދޭ ޚިދުމަތެކެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން އެމެރިކާ، އިނގިރޭސިވިލާތް އަދި ކޮރެޔާ ފަދަ 29ގަައުމެއްގެ އޮންލައިން ސްޓޯރުތަކުން ކަސްޓަމަރުންނަށް ގަންނަން ލިބޭ މުދާތައް ރާއްޖޭއާ ހަމައަށް ޝިޕްކުރުމަށް އޮތް ހައްލެވެ.

“ނާލު އެކްސްޕްރެސް”ގައި ރަޖިސްޓަރ ކޮށްލުމާ އެކު 29 ޤައުމެއްގެ ޝިޕިންގް އެޑްރެސް ލިބިވަޑައިގަންނަވާނެއެވެ.

ތިޔަ ފަރާތުން ގަތް އެއްޗެއް “ނާލު އެކްސްޕްރެސް”އަށް ވާސިލްވެ، އޭގެ ބަރުދަނާއި ޝިޕްމެންޓްގެ ތަފްސީލްތައް ދެނެގަނެ، ތައްޔާރުކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެއެވެ. އެ ހިސާބުން އިތުރަށް ފައިސާއެއް އަރާނަމަ ނާލުން އަންގާނެއެވެ. ހާސްނުވާާށެވެ. ތިޔަ ބޭފުޅާގެ މުދާ އެ ހިސާބުން ތިޔަބޭފުޅާއާއި ހިސާބަށް ވާސިލްވީއެވެ.

މި ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ނާލު.އެމްވީއަށް ވަދެ، މެންބަރެއްގެ ގޮތުގައި ރަޖިސްޓަރވާންޖެހެއެވެ. އޭރުން އެފަރާތްތަކަށް ޝޮޕް އެންޑް ޝިޕްގެ 29 ޤައުމުގެ ޝިޕންގް އެޑްރެސް ލިބިގެންދާނެއެވެ. އެއަށްފަހު ބޭނުންވާ އޮންލައިން ސްޓޯރުތަކުން ޕްރޮޑަކްޓެއް ގަތުމަށްފަހު އެންމެ ކައިރީގައިވާ ޝޮޕް އެންޑް ޝިޕްގެ އައުޓްލެޓަށް ނުވަަތަ އެޑްރެސްއަށް ޑެލިވަރކުރުމަށް ޖަހާލަންވީއެވެ.

ތިޔަބޭފުޅުން ގަންނަން ބޭނުންވާ އެތި ޝިޕިން ނުކުރެވިދާނެތީ މިހާރު ހާސްވާކަށް ނުޖެހޭނެއެވެ. "ނާލު އެކްސްޕްރެސް" މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ކަނަކުންވެސް ރާއްޖެއަށް ޝިޕްކުރުމަށް މިއީ މާމޮޅު ގޮތެކެވެ. "ނާލު އެކްސްޕްރެސް" މެދުވެރިކޮށް ޝިޕްކުރާ އެތީގެ ޓްރެކިންގ ވެސް އޮންލައިންކޮށް ބަލާލެވޭނެއެވެ. "ނާލު އެކްސްޕްރެސް" ފަސޭހަ ގިނަ ބަޔަކަށް މިހާރު ދަނީ ލިބެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.