18 Sep 2019 | 18:35
އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފްވުމަކީ ކުށެއް ނޫން: ކްރިމިނަލް ކޯޓު

އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފްވުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ދައުވާ ކުރެވޭނެ ކަމެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ ކޯޓުން މިހެން ނިންމާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކާއި ދިވެހި ދިދަ ޖެހި އުޅަނދެއް ކަނޑުމަތިން މުއާމަލާތު ކުރި މައްސަަލައިގައި އުފުލި ޓެރަރިޒަމްގެ ދައުވާ މީހެއްގެ މައްޗަށް ކުރިއަށް ނުގެންދެވޭނެކަމަށް މިދިޔަ މަހުގެ ފަހުކޮޅު ކުރި ހުކުމްގައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ  ގދ. މަޑަވެލީ އަރިނަގާގޭ އަބްދުﷲ ފަހުމީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ އދ.ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެޔާގެ ބޯޓަކާއި އެކު ތެލުގެ މުއާމަލާތް ކުރިކަމަށް ބުނެއެވެ.

މި މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް ކުރިއަށް ނުގެންދެވޭނެކަމަށްބުނެ ހުކުމް ކުރަމުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފުވި ކަމަށް ބުނެ، އުތުރު ކޮރެއާއާ އެކު ދިވެހި ރައްޔިތުން ނުވަތަ ރާއްޖޭގެ އުޅަނދުތަކުން ތެލުގެ މުއާމަލާތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. 

އަދި މިފަދަ ކަމެއް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީގައި ނެތުމުން ފަހުމީގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އަަމަލުކުރުމަކީ އދ.ގެ ޗާޓަރުގެ 7ވަނަ ބާބުގެ ދަށުން އދ.ގެ ހުރިހާ މެންބަރު ގައުމުތަކަށް ވާޖިބު ކަމެކެވެ. މިއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފުވެގެން މީހެއްގެ މައްޗަށް ދިވެހިރާއްޖޭގައި ދައުވާ އުފުލުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.