22 Sep 2019 | 08:37
އަލަށް ޕްރޮމޯޓްވި ގްރަނާޑާ އަތުން ބާސާ ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި ގްރަނާޑާ ވާދަކުރި މެޗް 2-0 ގްރަނާޑާ ކާމިޔާބު ކޮށްފިއެވެ.

ގްރަނާޑާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗުގެ 2 ވަނަ މިނެޓުގައެވެ. ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ލަފާކުރި މި މެޗުގައި ބާސެލޯނާއަށް އެޓީމުގެ އަސްލު މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ.

މެސީ އަދި އުންމީދީ ޒުވާން ތަރި އަންސޫ މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ނަމަވެސް ބާސެލޯނާއަށް މުޅި މެޗުގައިވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއްވެސް ނުވެއެވެ.

ދެވަނަ ހާފުގައި ގްރަނާޑާއިން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެޓީމަށް މި ޕެނަލްޓީ ލިބުނީ ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ވިދާލް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގަ އަތްލުމާ ގުޅިގެންނެވެ.

ފުރިހަމަ ވަގުތުގެ ނަތީޖާއާއެކު 2-0 ކުން ބާސެލޯނާ ބަލިވެގެން ދިޔައިރު މިއީ މިދިޔަ 25 އަހަރުތެރޭ އެޓީމް ލީގު ފަށައިގެން ކުޅުނު ފުރަތަމަ މެޗުތަކުގައި ނެރުނު އެންމެ ދަށް ނަތީޖާތަށްކަން ފާހަގަކޮށްލެވެއެވެ. ފަސް މެޗް ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކު އެޓީމް އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

އަލަށް ޕްރޮމޯޓްވި ގްރަނާޑާ މި މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމް އޮތީ ޖުމްލަ 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައެވެ.

އެޓްލެޓިކޯ މެޑްރިޑް އަދި ސެލްޓަވީގޯ ވާދަކުރި މެޗް 0-0 ކުން އެއްވަރުވެ އެޓްލެޓިކޯއަށް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތުގެ ބޭނުން އެޓީމަކަށް ނުހިފުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.