28 Sep 2019 | 10:07
އެންމެ މަތީ ވަޒީފާތަކަށް ދިވެހިން ގެންނާނަށް: މިނިސްޓަރ ފައްޔާޒު

އެކިދާއިރާތުގެ އެންމެ މަތީ މަގާމުތަކަށް ދިވެހިން ގެނާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވނީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޖޮބްފެއާ ހުޅުވުމުގެ ރަސްމިއްޔާތު ސަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އެކިދާއިރާތަކުގެ އެންމެ މަތީ އަދި މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމަށް ދިވެހި މުވައްޒަފުނަށް ހުނަރު ބޭނުންވާ ކަމަށެވެ. އަދި އެފަދަ ވަޒީފާތަކަށް ދިވެހިން ތައްޔާރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ދިވެހިންގެ ހިއުމަން ރިސޯސް ކަންތައް ހަރުދަނާކޮށް ވަޒީފާތައް އިތުރުކުރުމަށް މިނިސްޓްރީތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުން. އިންޑަސްޓްރީތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކޮށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތް ހެދުމަށް ކަންތައް ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ސިޔާސަތުތައް ރޭވިފައިހުރި ގޮތުން ވެސް މަތީ ވަޒީފާތަކަށް ދިވެހިން ނިކުތުމަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެށް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ޓޫރިޒަމްގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިކަމަށް ބުނާ ވާހަކަ. ހާއްސަކޮށް އިސް މަގާމުތަކުގައި ދިވެހިންނަށް ފުރުސަތު ނެތް ވާހަކަ އަބަދުވެސް އިވޭ،" މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެފަދަ ވަޒީފާތަކާ ގުޅޭ ދިރާސާއެއް ކުރަމުންދާ ކަމަށެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯޓަލް އެއް އެކުލަވަލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި ވަރަށް ހަވަހަށް އެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.