އިސްލާމިކް މިނިސްޓަރު އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފި

06 Oct 2019 | 23:29

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު މިއަދު އައްޑޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ އައްޑޫއަށް ކުރައްވާ މިޒިޔާރަތަކީ އަމިއްލަ ފަރާތަކުން ފޭދޫގައި އިމާރާތްކުރި މިސްކިތެއް ކަމުގައިވާ 'މަސްޖިދުލް ކައުޘަރު' ރަސްމީކޮށް ހުޅުވައިދިނުމުގެ ގޮތުން ކުރައްވާ ޒިޔާރަތެއް ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މިނިސްޓަރ ގެ މިދަތުރުފުޅުގައި މިއަދު ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކަންކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވައި މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިގޮތުން މިނިސްޓަރ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިއަހަރު ކައުންސިލަށް ދޫކުރެވިފައިވާ ބަޖެޓު ކުޑަކަމާއި އެކަން އަންނަ އަހަރު ރަނގަޅު ކުރެވޭނެ ކަމާއި، އިމާމުންގެ މައްސަލަތަކާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމުގައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ނޮވެންބަރު މަހު ފެށުމަށް ރާއްވަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement