ރާޖަޕަކްސާ ބޮޑުވަޒީރުކަން ހޯދި ގޮތަށް ޔާމީނަށްވެސް ވެރިކަމަށް އާދެވިދާނެ: ފައްޔާޒު

28 Oct 2018 | 11:46

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުގައި އަނިޔާވެރިކަމާއި ކޮރޮޕްޝަން ބޮޑުވެގެން ސްރީލަންކާ ރައްޔިތުން ބޮޑުތަނުން ބޭރުކުރުމުންވެސް ވެރިކަން އެހޯދި ގޮތައް ރައީސް އަބްދުﷲ ޔާމީނަށްވެސް ބަރުލަމާނީ ނިޒާމުގައި ފުރުސަތު އެބައޮތްކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޓްވިޓާ މެދުވެރިކޮށް ފައްޔާޒުމިހެން އިތުރަށް ވިދާޅުވިގޮތުގައި ރާޖަޕަކްސާވެސް ކުޑަ ސަހަރަކުން މަޖްލީހަށް ވަދެ ބަރުލަމާނީ ނިޒާމުގެ ތެރެއިން ވެރިކަން ނެގި ގޮތައް ރައީސް ޔާމީންއަށްވެސް ފާފު އަތޮޅުން މަޖްލީހަށް ހޮވިގެން ގައުމުގެ ރައީސްއަށް ވެވިދާނެކަމަށެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގައިވަނީ ރާއްޖޭގައި ބޭއްވުމަށް އެދެނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުން ބޭނުންވާގޮތައް ނިންމާފައެވެ.

އެގޮތުން އޭރު ގިނަ ބަޔަކު އެދިފައިވަނީ ރިޔާސީ ނިޒާމްގައި ކަންކަން ކުރަމުން ގެންދިއުމަށެވެ. އެހެންކަމުން އޭގެފަހުން މިހާތަނަށްވެސް ކަންކަން ކުރަމުން އައީ ރިޔާސީ ނިޒާމްގެ ތެރެއިންނެވެ.

ނަމަވެސް ސިޔާސީ ބައެއް ބޭފުޅުންދަނީ ރާއްޖޭގައި މި އޮތީ މިކްސްޑް ނިޒާމެއް ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

Advertisement

ކޮމެންޓް