ރައީސްގެ ކާޓުނު މައްސަލަގައި 48 ގަޑިއިރުނުވަނީސް ފިޔަވަޅު އަޅައިފި: އެމްޑީއެންއަށް ފިޔަވަޅުއެޅުމަށް 32 ދުވަސް

06 Nov 2019 | 09:04

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ފޮނުވި މައްސަލަގައި 48 ގަޑިއިރު ނުވަނީސް ފިޔަވަޅު އަޅައިފިއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުވި އެ މެސެޖުގައި ކްރިމިނަލް ކޯޓުގެ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމް އެ ޢަމަލު މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލީސް ސަރވިސްއަށް ވެރިކަން ކުރާ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވެސް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އިއްޔެގެ މަޖިލީހުގައި ވެސް ވަނީ މިކަމާމެދު ހޫނު ބަހުސްތަކެއްކުރެވިފައިކަން ފާހަގަކޮށްލަންޖެހެއެވެ.

މިމައްސަލާގައި އަހުމަދު ހައިލަމް ޖޭއެސްއީއަށް މިއަދު ހާޒިރުކޮށް އޭނާ ވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ސަސްޕެންޑްކުރުމަށް ނިންމާފައެވެ.

މިއާއެކު ޢާންމުންގެ ގިނަ ބަޔަކު އަންނަނީ ރައީސްއަށް ކާޓުނުކުރަހައި ފުރައްސާރަކުރި މައްސަލައާއި އެމްޑީއެން ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ފާޑުކިޔަމުންނެވެ.

އެމްޑީއެން މިއަދު އުވާލުމަށް ނިންމާފައި މިވަނީ މިމައްސަލަ ފެންމަތިވިތާ 32 ދުވަސްފަހުންކަން ފާހަގަކޮށްލަންޖެހެއެވެ. މައްސަލަ ފެންމަތިވެފައިވަނީ ނިމިދިޔަ އޮކްޓޯބަރ މަހުގެ 3 ވަނަދުވަހުއެވެ.

އެގޮތުން އެމްޑީއެން ރިޕޯޓުގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި ބަހުސްއަށް ހުޅުވާލުމުން ގިނަ އެމްޑީޕީ މެންބަރުން ވަނީ އެއީ ސިޔާސީ ކަމެއްގޮތުގައި ވާހަކަދައްކައިފައެވެ. މީގެ އިތުރުން އެ މައްސަލާގައި 100އަށް ވުރެ ގިނަ ރަށު ކައުންސިލުން އެ ބަޔާން ކުށްވެރިކޮށް އެ ރޕޯޓް ނެރުނު ފަރާތްތަކަށް ފިޔަވަޅު ނާޅަތީވެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީން އެމްޑީއެން މައްސަލާގައި ވަނީ އެ ޖަމިއްޔާއާއި އެއްކޮޅަށް ބަޔާން ނެރުއްވާފައެވެ.

އެމްޑީއެން މިއަދު އުވާލުމަށް ސަރުކާރުން ނިންމާފައިވާއިރު ފުލުހުން ހިންގި ތަހުޤީގުން ވަނީ އެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ނިންމާފައެވެ. ނަމަވެސް އެ މައްސަލާގައި އެ ޖަމިއްޔާގެ ހަރަކާތްތެރިންނަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ވަނީ ނުކެޅިދިފައިއެވެ. އެގޮތުން އެ ޖަމިއްޔާގެ ވެރިޔާ ޝަހިންދާއައި އަޒްރާ ވަނީ ރާއްޖޭގައި ސަލާމަތްތެރިކަން ނެތްކަމަށްބުނެ ފުލުހަށް ހާޒިރުވުމަށް އިންކާރުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބި ކުރީގެ އެމްޑީއެންގެ ވެރިން ވަކިކުރުމަށް ގޮވާލާ އެތައް ރަށެއްގައި މުޒާހަރާކޮށް އެއްވުން ބާއްވަމުން އަންނައިރު އަދިވެސް އެފަރާތްތަކަށް ފިޔަވަޅު ނާޅާއި، ސަރުކާރުގެ އިސްމަޤާމްތަކުގައި ތިބި ތިމުން ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން މިހާރުގެ ޕޮލިސް ކޮމިޝަނަރ ސީޕީ ހަމީދަކީ އެމްޑީއެންގެ ކުރީގެ ބޯޑް މެންބަރ އެއްކަމުން އޭނާވެސް އެ މަޤާމުން ވަކިކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން އެމްޑީއެންގެ މެމްބަރުކަމުގައި ހުންނެވި ރައީސް އޮފީހުގެ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި މަސައްކަތް ކުރައްވާ ނޫޝަން ވަހީދު ވަނީ ރިޕޯޓުގެ މައްސަލަ ހޫނުވުމުން އެ ޖަމްޢިއްޔާއިން އިސްތިޢުފާ ދެއްވާފައެވެ. ނަމަވެސް އަދިވެސް އޭނާ ހުންނެވީ ރައީސް އޮފީހުގެ މަޤާމުގައި ކަމުން އޭނާ އެ މަޤާމުން ވަކިކުރުމަށް ވެެސް އަންނަީ ގޮވާލަމުންނެވެ.

އާންމުންގެ ޝުއޫރުތައް މިފަދައިން ހުރިއިރު ކުރިން ގޮވާލަމުން އައި ބޭން އެމްޑީއެންގެ ބަދަލުގައި މިހާރު އެފަރާތްތަކުން ގޮވާލަމުން އަންނަނީ އެމްޑީއެންގެ އިސްފަތްތަކަށް ފިޔަވަޅުއެޅުމަށެވެ.

ޤާޒީ ހައިލަމްއަށް ސަރުކާރުން އަވަސް ފިޔަވަޅު އެޅުއްވިފަދައިންނެވެ.

Advertisement

ކޮމެންޓް