ހަބަރު
14 Oct 2020 | 11:15
"ވޮއިސް"ގެ ސީއީއޯގެ މަގާމަށް ސައިޒަން އައްޔަންކޮށްފި

"ވޮއިސް"ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ރ. އިނގުރައިދޫ/ކީސްވިލާ މުހައްމަދު ސައުޒަމް (ސައިޒަން) އައްޔަންކޮށްފިއެވެ.

ސައިޒަން މި މަގާމަށް އައްޔަންކުރުމަށް ނިންމާާފައިވަނީ މި ނޫހުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުންނެވެ.

އުމުރުން 16އަހަރުގައި ނޫސްވެރިކަމުގެ ދާއިރާއަށް ވެންނެވި ސައިޒަން ވަނީ ގިނަ އަދަދެއްގެ ޓީވީ އަދި ނޫސް މަޖައްލާތައް ހިންގުމާއި ލިޔުމުގައި ހަރަކާތްތެރިވެފައެވެ. އަދި ސައިޒަން އަކީ މާކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ސައިޒަން މީގެ ކުރިން ވަނީ ސަންގުޓީވީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި އަދި ޗެނަލް 13ގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ ވަޒީފާ އަދާކުރައްވާފައެވެ.

ދާދިފަހުން ސައިޒަން ވަނީ އިނގިރޭސިވިލާާތުގެ ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ވޮއިސް ނޫހަކީ 17 ޑިސެންބަރ 2018 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރެޖިސްޓަރ ކުރެވިގެން ނެރޭ އޮންލައިން ނޫހެކެވެ. މިވަގުތު ވޮއިސް ދިވެހި، އިނގިރޭސި އަދި ބަންގްލަދޭޝް އެޑިޝަންއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް 3 ބަހުން ނެރޭ ނޫހަށް ވޮއިސް މިވަނީ ވެފައެވެ.

ވޮއިސް ނޫހުގެ ޑިރެކްޓަރުންނާއި ހިއްސާ ދާރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ސައުޒަމް ރ. އިނގުރައިދޫ، ޝަފްރާޒް އަހްމަދު ހުސައިން ސ. ހިތަދޫ، މުހައްމަދު އަމީން ބ. އޭދަފުށި އަދި މުހައްމަދު ޝާރިފް ދ. ކުޑަހުވަދޫއެވެ.

ވޮއިސްގެ ޗީފް އެޑިޓަރަކީ ޝަފްރާޒް އަހްމަދު ހުސައިންއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.