12 Nov 2019 | 22:23
ބައިސްކޯފަށް އަހަރެއް: ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ ޒަމާނީ އިންގިލާބު!

ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް، ދިވެހިންނަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު ޝައުގެއް އޮންނަ ފަރާތްތަކެއް ދިރިއުޅެމުންދާ ގައުމެކެވެ. އެގޮތުން ޒަމާނުއްސުރެ ދުނިޔޭގެ އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ދިވެހިން ރަހުމަތްތެރިވެފައިވާއިރު، ދިވެހިންނަކީ މުނިފޫހިފިލުވުމުގެ އުފެއްދުންތައް އުފެއްދުމުގައިވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެކެވެ.

80ގެ އަހަރުތަކުން ފެށިގެން ފިލްމްތަކާއި ލަވަތަކާއި ޑްރާމާތައް ހެދުމުގައި ދިވެހިން ހަރަކާތްތެރިވަމުން އަންނައިރު، ދިވެހި މުނިފޫހިފިލުވުމުގެ ކުރީގެ އުފެއްދުންތަކަކީ އަދިވެސް ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާ އުފެއްދުންތަކެވެ. "ދިރިއުޅުމަކީ މީއީބާ"ގެ ޑްރާމާތަކުގައި ޔޫސޭ އުޅޭގޮތުން ހެވޭ ފަރާތްތަކާއި ޑްރާމާތަކުގައި އާރިފާ ކުޅޭ ޒީލަަގަދަ ރޯލުތަކުން ބިރުގަންނަ ފަރާތްތައް އަދިވެސް އުޅެއެވެ. މިފަދަ ކުރީގެ ޑްރާމާތަކާއި ލަވަތައް އެއްތަނަކުން ހޯދުމަކީ މީގެ ކުރިން ގިނަބަޔަކަށް ދަތިވެފައި އޮތް ކަމެކެވެ. ނަމަވެސް މީގެ އެއް އަހަރު ކުރިން އެކަމަށް އުފާވެރި، އަދި ޒަމާނީ ހައްލެއް މި ވަނީ ލިބިގެންގޮސްފައެވެ.

އެއީ ދިވެހިންެގެ ތެެރެއިން ގިނަބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބައިސްކޯފު އެޕްލިކޭޝަންއެވެ.

ފިލްމް،ޑްރާމާ،ވީޑިޔޯ ލަވަ،އޯޑިއޯ ލަވަ،ޑޮކިއުމެންޓްރީ އަދި މަދަހަ ފަދަ އެތަކެއް ބާވަތެއް އެއް އެޕްލިކޭޝަނުން ބަލާލުމަކީ މީގެ ކުރިން ދިވެހިންނަށް ބޭރު ގައުމުތަކުގެ ބައެއް އެޕްލިކޭޝަންތަކުން ފެނިފައިވާ ކަމެކެވެ. ނަަމަވެސް ދިވެހި އެޕްލިކޭޝަނަކުން މިއަދު މި އުފެއްދުންތައް ބަލާލަން ލިބުމަކީ ދިވެހިންގެ ތެރެއިން އެތަކެއް ބަޔެއްގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ގާތުން ބަލާލަން ލިބުނު ފުރުސަތެކެވެ.

ބައިސްކޯފުގައި ހަމައެކަނި ހިމެނިފައިވަނީ އިހުގެ ދިވެހި މުނިފޫހިފިލުވުމުގެ ރަން ޒަމާނުގެ އުފެއްދުންތަކެއް އެކަންޏެއް ނޫނެވެ. ގިނަ އަދަދެއްގެ ފަހުގެ އުފެއްދުންތައް ބައިސްކޯފުން ދައްކަމުން ގެންދާއިރު، މި އެޕްލިކޭޝަނުން ދަނީ ދިވެހި ޕްރޮޑިއުސަރުންނާއި ގުޅިގެން އާ ބާވަތްތަކުގެ އުފެއްދުންތައްވެސް އާންމުންނާާއި ހިސާބަށް ވެބް ސީރީސްތަކުގެ ސިފައިގައި ގެނެސްދެމުންނެވެ.

މިގޮތުން ބަލާލާއިރު މުންކޮގެ "ކަރުހަކުރު" އަދި ފާތިމަތު ނަހުލާގެ "ހުވާ" ފަދަ އުފެއްދުންތަކަކީ ދިވެހިރާއްޖޭގެ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހާސިލްކޮށްފައިވާ އުފެއްދުންތަކެކެވެ. 

އެއް އަހަރުގެ މުއްދަތަކީ ކުރު މުއްދަތެއްކަމާއި މެދު ދެބަސްވެވެން ނެތެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައިވެސް ބައިސްކޯފު އެޕުން ވަނީ ދިވެހި މުނިފޫހިފިލުވުމުގެ ސިނާއަތަށް ހީވެސް ނުކުރާފަދަ ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސް، ފިލްމް އެވޯޑްސް ސްޕޮންސަރކުރުން ފަދަ ކަންކަމުގެ އަލީގައި އެ ދާއިރާ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ވޮއިސްގެ ޓީމްގެ ފަރާތުން ބައިސްކޯފަށް އުޖާލާ މުސްތަގްބަލަަކަށް އެދެމެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.