18 Nov 2019 | 16:27
ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަަލައިގަތީ ރިޝްވަތު ނަގައިގެން: މެންބަރު މޮސްޓާ

ޔޫރަޕްގެ ގައުމެއްކަމުގައިވާ ކޮސޯވޯގެ މިނިވަންކަން ދިވެހިރާާއްޖެއިން ބަަލައިގަނެފައިވަނީ ރިޝްވަތު ދީގެންކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.

މޮސްޓާ ވިދާޅުވީ ކޮސޯވޯއިން އެގައުމަކީ މިިނިވަން ދައުލަތެއްގެ ގޮތަށް ކަނޑައެޅިފަހުންވެސް އެގައުމުގެ ގާނޫނީ ސައްހަކަމާއި މެދު ބައިނަލްއަގްވާާމީ މުޖުތަމައުގައި ބަހުސްކުރެވެމުންދާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ވަކިގޮތަކަށް ނިމިފައިވާ މައްސަލައަކަށް ނުވުމުން، ދުސްތޫރީ ގޮތުންނާއި ސަލާމަތީ ކަންކަމުގައި ކޮސޯވޯ ސަރަހައްދު ހިންގުމާއި ރަސްމީކޮށް މިވަގުތު ހަވާލުވެ އޮތީ އދ. އާއި ޔޫރަޕުގެ އިއްތިހާދާއި ނޭޓޯ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވިއެވެ.

މެންބަރު މޮސްޓާ ވިދާޅުވީ ރާއްޖޭގެ އެންމެ އަވަށްޓެރި ދެގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާއިން ވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގަނެފައި ނުވާ ކަމަށާއި، ޗައިނާއިންވެސް ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަނެފައި ނުވާކަމަށެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުގައި ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖޭގެ ފަރާތުން ގަބޫލުކޮށްފައިވަނީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފައިވީ ނަމަވެސް އެ މައްސަލައި ތަހުގީގު މުޅިން ފުރިހަމަކޮށް، ސާފު ނިންމުމެއް ނުވަތަ ފިޔަވަޅެއް އަޅާފައިވާކަން މިހާތަނަށް އެނގިފައި ނުވާކަމަށެވެ.

އެހެންކަމުން އެބޭފުޅާގެ ގަރާރުގައިވަނީ ކޮސޯވޯ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި އޮންނަ އޮތުން އަލުން މުރާޖައާކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
13 Jul 2026
"ރައްޔިތުންގެ އަޑު" ސިލްސިލާ ފަށަނީ، ނަން ނޯޓުކުރަން ހުޅުވާލައިފި
ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
13 Jul 2026
ޕެރޯލަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ވަނީ ދޫކޮށްފަ އެވެ.
13 Jul 2026
ކުޅުދުއްފުއްޓަށް ކަރަންޓްދޭން، ފެނަކައިން ކައުންސިލާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭނެ
ދެފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޔާއަތް ކުރައްވައި ފަނޑިޔާރުން ވަނީ ފެނަކައިން ހިދުމަތް ދެމުންގެންދަނީ ދިވެހި ސަރުކާރުން އެ ހިދުމަތް ދިނުން އެފަރާތައް ލާޒިމްކޮށްގެން ކަމަށްވާތީ، މައްސަލާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަން ފާހަގަކުރައްވާފައެވެ.