26 Nov 2019 | 23:34
މެޑަމް ފާތުންގެ އަސުރުމާ ޖޭޕީއަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް (މެޑަމް ފާތުން) ގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ގެންގުޅުއްވި ''އަސުރުމާ'' ގްރޫޕު، ޖުމްހޫރީ ޕާޓީއަށް ގުޅިއްޖެއެވެ.

ވެރިކަމުގެ އާރާއި ބާރުތައް ލިބިވަޑައިގެން އުޅުއްވި އިރު، އެކަމަނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގުމަށް އަސުރުމާގެ ނަމުގައި މީސް މީޑިއާގައި ވަރަށް ހަރަކާތްތެރި ގުރޫޕެއް އުފައްދައިގެންނެވެ.

އަސުރުމާގެ ޓީމްގައި ލީޑް ކުރެއްވުމުގައި އޭރުގެ މިފްކޯގެ އެމްޑީ އަދްލީއާއެކު މިފަހުން އިސްތިއުފާދިން ބްރޯޑްކޮމްގެ މެންބަރު ސޮފްވާން، ކުރީގެ ޗެނަލް13 ޕްރެޒެންޓަރ ހަސަން ޣައްސާނާއި ކުރީގެ މެންބަރު ޔާމީން ރަޝީދު ހިމެނެއެވެ.

ބޮޑެތި މުސާރަދީގެން ގެންގުޅުނު އެގްރޫޕުގެ މަސައްކަތަށް ވަނީ 23 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވި ހިސާބުން ކުއްލިއަކަށް ހުއްޓާލުމަށްފަހު ރައީސް ޔާމީނާ ދެކޮޅަށް އެ ވެރިކަން ނިމުމުގެ ކުރިން ނިކުމެފައެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން އެކިކުލަކުލައިން އޭރު އަސުރަށް ފޮޅި ފަރިވި އަސުރުމާ މޯޅިވެ މަލުގެ ވަސް އެއްކޮށް ފިލައި ދިޔައީއެވެ.

މާގިނަ ދުވަހެއް ނުވެ ފެންބޮޑުތަނަށް މަސް ދުވާ އުސޫލުން، މެޑަމް ފާތުންނަށް އަސުރުމާ ފޮޅުވައިދިން ގުރޫޕުގެ އެންމެ އިސް ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް، ޖުމްހޫރީ ޕާޓީގެ މޫނު މަތި ރީތި ކުރުމަށް އެކި ނަންނަމުގައި ޕޭޖްތަކާއި، އޮންލައިން ނޫސްތައް ނިމިދިޔަ ސަރުކާރުގައި ކުރިފަދައިން ކުރަންފަށައިފިއެވެ.


މެޑަމް ފާތުންނަށް އަސުރުމާ ފޮޅުވައިދޭން އިސްކޮށް އުޅުނު އިސްމާއީލް ސޮފްވާނާއި ކުރީގެ މެންބަރު ޔާމީން ރަޝީދު ވެސް މިއަދު ފެންނަނީ އެހެން މަހުޖަނެއްގެ ފަސް ފަހަތުން އުޅޭ މަންޒަރެވެ. ސިޔާސީ ގޮތުން މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ.

މެޑަމް ފާތުންގެ ނުފޫޒާއެކު ކޮރަޕްޝަންގެ އެކި ތުހުމަތު ކުރެވިފައިވާ މި ފަރާތްތައް ސަރުކާރު ކޯލިޝަން ޖޭޕީއަށް ގުޅި މިހާރު ސަރުކާރަށް ގޮންޖަހައި، އުދަގޫކުރުމުގެ ކަންކަން އަންނަނީ ސޯޝަލް މީޑިއާގެ އިތުރުން އެކި ވަސީލަތްތައް މެދުވެރިކޮށް ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.