މަންޓާ އެއާ ހުވަދޫއަށް ދަތުރުކުރަން ފައްޓައިިފި!

28 Nov 2019 | 23:53

ރާާއްޖޭގެ ގިނަބަޔެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެއާލައިނެއްކަމުގައިވާ މަންޓާ އެއާއިން ހުވަދޫ އަތޮޅަށް ދަތުރުތައް ފައްޓައިފިއެވެ.

އެގޮތުން މިއަދުވަނީ މި އެއާލައިނުން ކޫއްޑޫ އެއާޕޯޓަށް ދަތުރުތައް ފައްޓާފައެވެ. މި ދަތުރުގެ ޝަަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހެވެ.

ޖަނާހަކީ ކޫއްޑޫ އެއާޕޯޓް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޖަނާހުގެ އިތުރުން މި ދަތުރުގައި މަންޓާ އެއާގެ އިސްވެރިންނާއި މީޑިޔާގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މާލެއާއި ކޫއްޑޫއާއި ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މި ދަތުރުގެ ޓިކެޓްތައް މަންޓާ އެއާގެ ވެބްސައިޓުންނާއި ޕެސެންޖަރ ސާރވިސް އޭޖެންޓުން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

މަންޓާގެ ދަތުރުތައް ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު، އެ އެއަރލައިނުން ބ.ދަރަަވަންދޫއާއި ދ.ކުޑަހުވަދޫއަށް ދަތުރުކުރެއެވެ. އަދި ދާދިފަހުން އެ އެއާލައިނުން ވަނީ ސީޕްލޭންގެ ދަތުރުތައްވެސް ފަށާފައެވެ.

Advertisement

ކޮމެންޓް

Advertisement