2020ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކޮށްފި

05 Dec 2019 | 13:59

2020ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކޮށްފިއެވެ.

37.8މިލިޔަން ރުފިޔާގެ މި ބަޖެޓް ފާސްކޮށްފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 77 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާއި ދެކޮޅަށް ވޯޓުދެއްވާފައިވަނީ އެންމެ މެންބަރެކެވެ.

މި ބަޖެޓް ފާސްކޮށްފައިވަނީ ދައުލަތުން ހުށައެޅި ބަޖެޓަށް ކޮމެޓީ މަރުހަލާގައި ބަދަލުތަކެއް ގެނެސް، 366މިލިޔަން ރުފިޔާ އިތުރުކޮށްގެންނެވެ. މި ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޓީ ބިލް ވިއްކައިގެންނެވެ.

ކުރިން އޮތް ގޮތުގައި ބަޖެޓްގައި ލިބޭނެ އާމްދަނީގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 29.9 ބިލިޔަން ރުފިޔާއެވެ. މި އަަދަދުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ޓެކްސްގެ ނިޒާމުންނެވެ. ބަޖެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގައި ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އިންކަމް ޓެކްސް ނަގަންފެށުމަކީ އެންމެ މުހިންމު އެއް ބަދަލެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައްޔާރުކޮށްގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަަމަ ބަޖެޓެވެ.

Advertisement

ކޮމެންޓް