ޖިންސީ ގޯނާކުރަން އުޅުނު މީހެއްގެ ކުށުގެ ރެކޯޑެއް ނެތި ފުލުހަކަށްވުމުން ދޫކޮށްލައިފި

10 Dec 2019 | 08:24

ޒުވާން ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއްގެ ކުށުގެ ރެކޯޑް ނެތި ފުލުހަކަށްވުމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ 22:50 ހާއިރު 42 އަހަރުގެ ދިވެހި ފިރިހެނަކު 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ އެކަމުގެ ތެރެއިން މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު 42 އަހަރުގެ ފިރިހެން މީހާއަކީ ފުލުސް އޮފިސަރެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމުގައިވާ "ސަން" އިން ބުނެފައިވާ ގޮތުގައި އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ނިންމަވާފައެވެ. ޝަރުތުތަކަކާއި އެކު އޭނާ ބަންދުން ދޫކޮށްލުމަށް ނިންމީ އެއީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަހު އުޅެފައިވާތީއެވެ.

މި މައްސަލަ ދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންވެސް ބަލަމުންނެވެ. މައްސަލަ ބަލައި ނިމެންދެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައެވެ.

Advertisement

ކޮމެންޓް

Advertisement