ހަބަރު
01 Jan 2020 | 07:49
ވޮއިސް 2019: އަހަރުގެ އެންމެ ގަދަ ފަސް އަޑު!

ނިމިގެންދިޔަ އަަހަރަކީ ހުރިހާ ގޮތަކުންވެސް ދިވެހިރާއްެޖެއަށް ތަފާތު އަހަރެކެވެ. ބޮޑެތި ބަދަލުތަކަކާއި ކުރިމަތިލައި، ބޮޑެތި ކަންތައްތަކެއް ހިނގި އަހަރެކެވެ. މިދިޔަ އަހަރަކީ ވޮއިސް ހިންގަން ފެށުނުތާާ އެއް އަހަރު ފުރުނު އަހަރުކަމަށް ވީހިނދު، އަހަރުގެ މުހިންމު ޚަބަރުތަކާއި ހާދިސާތައް މި ނޫހުން ވާނީ ގެނެސްދީފައެވެ.

މި ހިސާބުން މި ބަލާލަނީ 2019ވަނަ އަހަރުގެ ވޮއިސްގެ ކިޔުންތެރިންނަށް އެންމެ ކަމުދިޔަ ފަސް ލިޔުމަށެވެ. އެންމެ ގަދަ ފަސް އަޑަށެވެ. މި ލިޔުންތައް ހޮވުމުގައި ބަލާފައިވާނީ ވެބްސައިޓްގެ ސިސްޓަމުން އެންމެ ގިނަ އަދަދަކަށް ކިޔާފައިވާ ކަމަށް ދައްކާ ލިޔުންތަކަށެވެ.

5.ޒަހަމުތަކާއެކު މިފަހަރު އެއްލައިލީ ކާނިވާ ސަރަހައްދަށް

މިދިޔަ އަހަރުގެ ތެރޭގައި ވޮއިސްގެ ކިޔުންތެރިން ފަސްވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ޒަހަމުތަކާއެކު މިފަހަރު އެއްލައިލީ ކާނިވާ ސަރަހައްދަށް"، މި ނަމުގައި އިނާޒް މޫސާ ޝާއިއުކުރި ޚަބަރެވެ. މި ޚަަބަރުގައި ހިމެނިފައިވަނީ ކާނިވާ ސަރަހައްދުން މީހެއްގެ އަތުން ފޭރުމަށްޓަކައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިން ވާހަކައެވެ. މި ހާދިސާގައި ޒުވާން ފިރިހެނަކަށް އަނިޔާާ ލިބުނުއިރު، މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެއެވެ.

4."ކޮންމެ ރެއަކު 12 ޖެހުމުން ޖަލު ގޮޅިން ނެރެ ތަޅާއަނިޔާކުރި"

މިދިޔަ އަހަރު މި ވެބްސައިޓުން ހަތަރުވަނައަށް އެންމެ ގިނައިން ކިޔާފައިވާ ލިޔުމަކީ "ކޮންމެ ރެއަކު 12 ޖެހުމުން ޖަލު ގޮޅިން ނެރެ ތަޅާއަނިޔާކުރި"، މި ނަމުގައި މުއައްލިމް އިބްރާހިމް ޝާއިއުކުރި ރިޕޯޓެކެވެ. މި ރިޕޯޓްގައި ވަނީ ނަފްސާނީ ބަލި ހުންނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަނިޔާާކުރިކަމަށް އޭނައާއި ހަވާލާދީ އާއިލާއިން ކުރި ތުހުމަތެއްގެ ވާހަކައެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ބަަންދުކުރެވުނު މި މީހާއަށް ޖަލުގައި ހުންނަ އިރު ބަޔަކު އަނިޔާކުރި މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމްއިންވެސް ބެލިއެވެ.

3.އެމްޑީޕީގެ މަޖިލިސް ތިން މެންބަރަކާއި މިނިވަން މެންބަރަކު އިދިކޮޅަށް!

އިިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕަށް އިތުރު ހަތަރު މެންބަރަކު ގުޅޭނެކަމަށްބުނެ ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދެއްވި އިންޓަރވިއުގެ މި ޚަބަރަކީ މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ކިޔުންތެރިން ކިޔާފައިވާ ޚަބަރެވެ. އިނާޒް މޫސާ ލިޔުނު މި ޚަބަރުގައި މެންބަރު އާދަމް ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް ދެ ދުވަސްތެރޭގައި އެމްޑީޕީގެ ތިން މެންބަރަކާއި މިނިވަން މެންބަރު އިދިކޮޅާއި ގުޅިވަޑައިގަންނަވާނެކަމަށެވެ. ނަަމަވެސް މީގެ ތިން ހަފްތާ ކުރިން އެ ވިދާޅުވި ކަންތައްތައް މިހާާތަަނަށް ހަގީގަތަކަށް ވެފައެއް ނުވެއެވެ.

2.ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު ހަހާސް ރުފިޔާއަށް ހަމަޖައްސައި ދޭނަން: ރައީސް ޞާލިހް

މިދިޔަ އަހަރު ވޮއިސްގެ ކިޔުންތެރިން ތިންވަނައަށް އެންމެ ގިނައިން ކިޔާފައިވަނީ "ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު ހަހާސް ރުފިޔާއަށް ހަމަޖައްސައި ދޭނަން: ރައީސް ޞާލިހް"، މި ނަމުގައި ޝަފްރާާޒް އަހުމަދު ހުސެއިން ލިޔެފައިވާ ޚަބަރެވެ. ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ 5000ރ. އާއި 6،000ރ. އާއި ދެމެދުގައި ކަމަށެވެ.

1.އިސްމަފުޅު އޮތް މަހުގެ އާދަޔާ ޚިލާފު ވާހަކަތަކެއް!

ނިމިދިޔަ 2019ވަނަ އަހަރު ވޮއިސްގެ އެންމެ ގަދަ އަޑު ނުވަތަ އެންމެ ގިނައަދަދަކަށް ކިޔާފައިވާ ލިޔުމަކީ "އިސްމަފުޅު އޮތް މަހުގެ އާދަޔާ ޚިލާފު ވާހަކަތަކެއް!"، މި ނަމުގައި މުއައްލިމް އިބްރާހިމް ލިޔެފައިވާ ޚަބަރެވެ. ވަދުއެޅުމަށް ދިޔަ ނ.މަނަދޫގެ ޑިންގީއަކުން ބޭނި މަހެއްގައި މާާތްﷲ ގެ އިސްމަފުޅު ލިޔެވިފައި އޮތުމުން، އެ މަސް ބޭނި ފަރާތާއި އެކު އިންޓަރވިއުއެއް ކުރުމަށްފަހު ލިޔުނު މި ޚަބަރުގައި ވަނީ އެ ހާާދިސާގެ ތަފްސީލްތައް ގެނެސްދީފައެވެ.

މީގެ އިތުރުންވެސް މިދިޔަ އަހަރުގައި ހިނގި މުހިންމު ގިނަ ހާދިސާތަކެއްގެ ތާޒާ ޚަަބަރުތައް، މައްސަލައިގެ އެކި ފަރާތްތަކުގެ ނަޒަރުގައި ވޮއިސްއިން ވާނީ ގެނެސްދީފައެވެ. އެގޮތުން ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާާއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރެވުނު މަނީ ލޯންޑްރިންގގެ މައްސަލަ ހިމެނެއެވެ. އަދި މީގެ އިތުރުން ވޮއިސްގެ ނިއުސްޓީމުން ވާނީ އެކި މުނާސަބަތުތަކާާއި ގުޅިގެންނާއި، މުހިންމު އިގްތިސާދީ އަދި އިޖްތިމާއީ ރިޕޯޓްތައް ގެނެސްދީފައެވެ.

ނިމިދިޔަ އަހަރަކީ ވޮއިސްގެ އިނގިރޭސި އެޑިޝަނާއި ރ.އަތޮޅުގެ ޚަބަރުތައް ގެނެސްދިނުމަށް ޚާއްސަކޮށްގެން "ވޮއިސް އޮފް ރ"ގެ ނަމުގައި ޚާއްސަ އެޑިޝަނެއް ފެށުނު އަހަރެވެ. މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ކިޔުންތެރިންގެ ލޯތްބާއި ބިނާކުރަނިވި ފާޑުކިޔުމެވެ. މި ފެށުނު 2020ވަނަ އަހަރުގައިވެސް ވޮއިސްއިން ކިޔުންތެެރިންނަށް ތަފާތު ދައްކާނަމެވެ. ތާާޒާ އަދި ތަފާތު ޚަބަރުތަކާާއި ރިޕޯޓްތައް ފޯރުކޮށްދޭނަމެވެ. އިންތިޒާރު ކުރައްވާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.