ބައެއް ވޯޓު ފޮށިތަށް ހުރީ ވޯޓު ސިއްރުނުވާ ގޮތަށް: ޓްރާންސްޕޭރެންސީ

23 Sep 2018 | 14:34

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު ވޯޓުލާން ފެށި އިރު، ބައެއް ވޯޓު ފޮށިތަށް ހުރީ ލާ ވޯޓު ސިއްރު ނުވާގޮތަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންޕޭރަންސީ މޯލްޑިވްސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުގައި ބޭނުން ކުރެވޭ 99 އިންސައްތަ ވޯޓުފޮށިތަށް ފަރުމާކުރެވިފައިވަނީ ލާ ވޯޓު ސިއްރުކުރެވޭނެ ގޮތަށް ކަމަށެވެ. މިކަން ކަށަވަރު ނުކުރެވެނީ 1 އިންސައްތަ ވޯޓު ފޮށިތަކުން ކަމަށް ޓްރާންޕޭރަންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރާންޕޭރަންސީން ބުނީ ވޯޓުލުން ފެށިފައިވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށް ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 97 އިންސައްތަ މަރުކަޒުގައި ވޯޓުލުން މިއަދު ހެނދުނު 8:30 ގައި ފެށިފައިވާކަމަށް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި 66 އިންސައްތަ ވޯޓުލާ މަރުކަޒުގައި ވޯޓުލާފައިވަނީ ވޯޓުލާން ކަނޑައެޅިފައިވާ ގަޑީގެ 10 މިނެޓް ފަހުން ކަމަށްވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެއެވެ.

ޓްރާންޕޭރަންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް މަރުކަޒުގައި ތިބެން ޖެހޭ އޮފިޝަލުން ހާޒިރުވެފައި ތިބި ކަމަށާއި ކެންޑިޑޭޓުންގެ މަންދޫބުން ގިނަ މަރުކަޒުތަކަށް ވަޑައިގެން ތިއްބެވި ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement