ހުޅުމާލޭގެ ފްލެޓްތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަންނަނީ

08 Jan 2020 | 12:19

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ބައެއް ފްލެޓްތަކަށް ބޭނުންވާ މަރާމާާތުތައް ދެނެގަތުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

އެ މިިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ހިންގި ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ހުުޅުމާލޭގައި އިމާރާތްކޮށްފައިވާ 704ފްލެޓްތަކުގައި ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ފްލެޓްތަކުގައިވާ ފެން ލީކުވުމާއި އެހެނިހެން މައްސަލަތައް ދެނެގަންނަން ބޭނުންވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ފުލެޓްތަކަށް ދިމާވަމުންދާ މިފަދަ މައްސަލަތައް މިނިސްޓްރީގެ ވެބްސައިޓުން އަދި އަމީނީ މަގުގައި ހުންނަ މިނިސްޓްރީ އިމާރާތުގެ ތިރީގައި ހުރި ރިސެޕްޝަންއިން ލިބެންހުންނަ "704 ފުލެޓްތަކުގެ މަރާމާތު މައްސަލަ ހުށަހަޅާ ފޯމް " މެދުވެރިކޮށް 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement