08 Jan 2020 | 17:51
ލަންކާގައި ބޭރަށް ދާނަމަ އަބަދުވެސް ޕާސްޕޯޓް ހިފައިގެން ދިއުމަށް އާދަކުރައްވާ: އެމްބަސީ

އަވައްޓެރި ސްރީލަންކާާގައި ދިރިއުޅޭ ދިވެހިން ބޭރަށް ވަޑައިގަންނަވާ ވަގުތުތަކުގައި އަަބަދުވެސް ޕާސްޕޯޓް ހިފައިގެން ނުކުތުމަށް އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިރުޝާދު ދީފިއެވެ.

އެ ގައުުމުގެ ވެރިރަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިފަދައިން އިރުޝާދު ދީފައިވަނީ ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ބުނީ ސްރީލަންކާގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެލުމުގެ މަގްސަދުގައި ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން އެފަރާތްތަކުގެ ޕާސްޕޯޓާއި ވިސާގެ ކަންތައްތައް ބަލަމުންދާ ކަމަށެވެ. މިގޮތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެގައުމަށް ޒިޔާރަތްކޮށް އުޅޭ ފަރާތްތަކުން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ބަލައި، ހަމަވުމުގެ ކުރިން ވިސާގެ ކަންތައްތައް ހަމަޖެހޭތޯ ބެލުމަށް އެމްބަސީން ވަނީ ހަނދުމަކޮށްދީފައެވެ.

ބޭރު ގައުމެއްގައި އުޅޭއިރު ކާކުކަން އެނގޭފަދަ އައިޑެންޓިފިކޭޝަނެއް ގެންގުޅުމަކީ މުހިންމުކަމެއް ކަމަށް ރާއްޖޭގެ އެމްބަސީން ވަނީ ބުނެފައެވެ.

އެހެންކަމުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބޭރަށް ނުކުންނަ ކޮންމެ ވަގުތެއްގައިވެސް، ޕާސްޕޯޓް ނުވަތަ ލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ބަަލައިގެންފައިވާނަމަ ރިސިޕްޓް ހިފައިގެން ބޭރަށް ނުކުތުމަށް އެމްބަސީން ވަނީ އެދިފައެވެ.

9 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންތައްތައް ކަމަށް ފާހަގަކޮށްލެވެއެވެ. އަދި ހަމައެއާއެކު، މިކަންކަމަށް ސަމާލުވުމަށް ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދެއެވެ.

‎ސްރީލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ޤާނޫނީ ކުށެކެވެ. އަދި މިގޮތަށް ޤާނޫނާއި ޚިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ތަކުރާރުކޮށް ފާހަގަވަމުންދާާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.