15 Jan 2020 | 08:37
ރ.މީދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ފަރާތަކުން ކުރިމަތިނުލާ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ރ.މީދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި އެއްވެސް ފަރާތެއް ވާދަ ނުކުރާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެރަށުގައި ހިންގާ އޮންލައިން ނޫހެއްކަމުގައިވާ "މީދޫ ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ހަމަވެފައިވާއިރު، އެޕާޓީގެ ޓިކެޓްގައި މީދޫ ކައުންސިލަށް ވާދަކުރުމަށް އެއްވެސް ފަރާތަކުން ފޯމް ހުށައެޅިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. 

އަދި އެފަދަ މައުލޫމާތެއް ސޯޝަލް މީޑިޔާ، އަދި މީދޫގައި އޮންނަ އެމްޑީޕީ ގޮފީގެ އިސް މެންބަރުންނަށްވެސް އެނގިފައި ނުވާކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މީގެ އިތުރުން މިއަދު އެޕާޓީން އާންމުކުރި ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓްގައިވެސް މީދޫގެ ފަރާތެއް ނެތްކަން ފާހަަގަކޮށްލެވެއެވެ.

އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން 1،364 ފޯމް ބަލައިގަނެފައިވާ ކަމަށެވެ.

މި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ 10ޖެނުއަރީ ވާ ހުކުރު ދުވަހުގައެވެ. އަދި 13ޖެނުއަރީގައި ކެނޑިޑޭޓުންގެ ލިސްޓް އާންމުކުރެވިގެންދާއިރު، 15 ޖެނުއަރީގައި އެންމެ ފައިނަލް ވޯޓާސް ލިސްޓް އާންމުކުރެވިގެން ދާނެއެވެ.

މި ޕްރައިމަރީގައި ވޯޓުލެވޭނީ މި އަހަރު ނިމޭއިރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށެވެ. މިހާރުވެސް އެޕާޓީގެ ބައެއް މެންބަރުން ދަނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީތަކަކީ ވާދަވެރި އަދި ގިނަބަޔަކު އެކަމެއް ގާތުން ބަލާ ކަަމަކަށްވުމުން ވޮއިސްއިން ވަނީ މި އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމަށް ނިންމާފައެވެ. މިގޮތުން ވޯޓުލާ ދުވަހުގެ ކަވަރޭޖްގެ އިތުރުން ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ވޮއިސް މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ވޮއިސް މެދުވެރިކޮށް ޚަބަރުތައް ގެނެސްދޭން ބޭނުންވާނަަމަ ވޮއިސްގެ ހޮޓްލައިން 9956888 އަށް ގުޅައިގެން ނުވަތަ މި ނޫހުގެ އީމެއިލްކަމުގައިވާ [email protected] އަށް މެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ވޮއިސްގެ ޓީމުން ވަނީ އެމްޑީޕީގެ ޕްރައިމަރީގެ އިތުރުންވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާާ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނާއި އަމިއްލަ ކެނޑިޑޭޓުންގެ ޚަބަރުތައްވެސް ގެނެސްދިނުމަށް ނިންމާފައެވެ.

ފޮޓޯ: މީދޫ ޓައިމްސް

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.