15 Jan 2020 | 15:10
ސުޕްރީމް ކޯޓުގެ ހުކުމްތަކުގައި ހުކުމް ލިޔުނު ފަނޑިޔާރު ދެން އެނގޭނެ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމުކުރާ މައްސަަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓްގައި ހުކުމް ލިޔުނު ފަނޑިޔާރަކު އެނގޭނެ ގޮތް ހެދުމަށް އެކޯޓުން ނިންމައިފިއެވެ.

މިކަން ވަނީ އެކޯޓުން ކުރި ޓްވީޓެއްގައި ހާމަކޮަށްފައެވެ.

ސުޕްރީމް ކޯޓުން ބުނީ އެކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިހާރު ހުކުމް ކުރަން ތާވަލް ކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ރިޕޯޓްގައި ޖަޖްމެންޓް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަމާއި އެހެން ފަނޑިޔާރެއްގެ އިތުރު ރައުޔެއް ނުވަތަ ފާހަގަ ކުރައްވާ އިތުރު ކަމެއް އޮތްނަަމަ އެކަން ވަކިން އެނގޭނެ ގޮތަށް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފޯމެޓަށް ބަދަލު ގެންނަން ނިންމާާފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންކަން ފާހަގަކޮށްލެވެއެވެ.

ސުޕްރީމް ކޯޓުގެ ރިޕޯޓްތަކަށް މިގޮތަށް ބަދަލު ގެންނަން ނިންމިއިރު، ގިނަ ގާނޫނީ ފަރާތްތަކުން ދަނީ އެކޯޓުން މިފަހުން ނެރުނު ހުކުމްތަކުގައި އެހެން މައްސަލަތަކަށް ހަވާލާދިނުން ފަދަ ކަންތައްތައް ކޮށްފައިވާާކަން ފާހަގަކޮަށް، އެކަމަށް ތައުރީފްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.