19 Jan 2020 | 14:41
ވަގުތު ނޫސްވެރިއަކަށް ފުލުހެއް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަންފަށައިފި

ގއ. ކަނޑުހުޅުދޫގައި ހިނގަމުންދާ ޖިންސީ ގޯނާގެ މައްސަލަތަކާއި އަދި ކުރިން އެރަށުގައި ހިނގާފައިވާ މައްސަލަތަކުގެ މައުލޫމާތު "ވަގުތު"ގައި ގެނެސްދޭތީ "ވަގުތު"ގެ ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދީފިއެވެ.

"ވަގުތު" ނޫހުން ބުނީ ނޫސްވެރިޔާގެ ބައްޕަޔަށް މީހަކު ފޯނުން ގުޅައި މަރުގެ އިންޒާރު ދީފައި ވަނީ ރޭ ކަމަށެވެ. އަދި މި އިންޒާރު ދީފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއްގެ އާއިލާގެ މެމްބަރެއްކަމަށްވެއެވެ.

އޭނާ ވަނީ "ވަގުތު"ގެ ނޫސްވެރިޔާގެ ބައްޕަ އަށް ގުޅާފައި ނޫސްވެރިޔާ ގަޔަށް "ވަޅި ޖަހާ" މަރާލާނެ ކަމަށް ބުނެފައެވެ.

މިމައްސަލައާ ގުޅިގެން "ވަގުތު"ގެ މެނޭޖްމަންޓުން ވަނީ މި މައްސަލަ ފުލުހުންނަށް ހުށައަޅަން ނިންމާފައެވެ. އަދި "ވަގުތު"ގެ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި އިންޒާރުތަކަށް ބެލުމެއް ނެތި ޚަބަރުތައް ގެނެސްދޭނެ ކަމަށްވެސް ވަގުތު އިން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނޫސްވެރިޔާގެ ބައްޕައަށް ގުޅައި، ނޫސްވެރިޔާއަށް މަރުގެ އިންޒާރު ދިނީ ފުލުހެއް ކަމަށެވެ. އެމައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.