މިފަހަރު ޖިންސީ ގޯނާކުރީ އުމުރުން އެންމެ 3އަހަރުގެ ކުއްޖަކަށް

22 Jan 2020 | 16:26

ދިވެހިރާއްޖޭގެ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުށައެެޅެމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement