26 Jan 2020 | 11:47
ކޮރޯނާ ވައިރަަސް ޖެހިފައިވާ ހަތަރުވަނަ މީހަކު މެލޭޝިޔާއިން ފެނިއްޖެ

ވޫހާން ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ކަށަވަރު ކުރެވިފައިވާ ހަތަރުވަނަ މީހަކު މެލޭޝިޔާއިން ފެނިއްޖެއެވެ.

އެގައުމުގެ ހެލްތް ޑިރެކްޓަރ ޖެނެރަލް ޑރ.ނޫރް ހިޝާމް އަބްދުﷲ އާއި ހަވާލާދީ ދަ ސްޓާ ނޫހުން ރިޕޯޓްކުރާ ގޮތުގައި މި މީހާއަކީ ޗައިނާގެ ވޫހާން ސިޓީއަށް ނިސްބަތްވާާ މީހެކެވެ. މި މަހުގެ 22ވަނަ ދުވަހު 17އެހެން ޗައިނާާގެ ފަތުރުވެރިންނާއި އެއްކޮށް މި މީހާ މެލޭޝިޔާއަށް އެތެރެވެފައިވަނީ ބަހެއްގައި ސިންގަޕޫރު މަގުންނެވެ.

މީނާއާއި އެކު ދަތުރުކުރި 17. މީހުންގެ ޓެސްޓްތައް ހެދިއިރު، އެމީހުންގެ ގައިން ކޮރޯނާ ވައިރަސް ނުފެންނަކަމަށްވެއެވެ. ނަމަވެސް ދިމާާވެދާނެ ހާލަތަކަށް ބަލައި މި ފަރާތްތައް ވަނީ ކަރަންޓީންކޮށްފައެވެ.

ހުން އައިސްފައި ހުރުމުގެ ސަބަބުން މި މީހާ ވަނީ މިމަހުގެ 24ވަނަ ދުވަހު މެލޭޝިޔާގެ ޖޮހޮރް ބަހްރޫ ހިސާާބުގެ ހޮސްޕިޓަލަކުން ފަރުވާ ހޯދާފައެވެ. މި މީހާގެ ކިބައިން އަދި މިހާތަނަށް ފެންނަމުންދަނީ ކެއްސުމާއި ހުންކަމަށް ޑރ.ނޫރް ހިޝާމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މެލޭޝިޔާގައި މި މީހާގެ އިތުރުން ކޮރޯނާ ވައިރަސް ފެނިގެން ފަރުވާދެމުންދާ އިތުރު ތިންމީހުންނަކީވެސް ޗައިނާގެ ރައްޔިތުންނެވެ. މިއީ ސިންގަޕޫރުގައި ހުރި އެ ވައިރަސް ޖެހުނު ފިރިހެންމީހާގެ އާއިލާގެ މެންބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ