N/A
N/A
ހަބަރު 28 Jan 2020 | 11:15

''ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ، ޗައިނާ ޓުއަރިސްޓުން ސަރުކާރަށް މުހިންމީތޯ''

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ، ހަލުއިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އެވެ.

އެބަލި މުޅި ދުނިޔެއަށް ފެތުރެމުންދާއިރު، ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް ވަނީ، އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން ގައުމީ ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ސިޓީތައް ކަރަންޓީނުކޮށްފައިވެއެވެ.

އަދި އެއާޕޯޓުތަކުން މީހުން ސްކޭން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ގިނަ ގައުމުތަކުން މިހާރު ވަނީ އެބަލި ފުރަތަމަ ފެނުނު ގައުމުކަމަށްވައި ޗައިނާގެ ރައްޔިތުންނަށް ވިސާ ދިނުން މެދުކަނޑާލާފައެވެ. އެގޮތުން ރާއްޖެއާއި އަވައްޓެރި ގައުމެއްކަމަށްވައި ސްރީލަންކާއިން ވެސް ޗައިނާ މީހުންނަށް މިއަދުން ފެށިގެން ވިސާ ދިނުް ވަނީ ހުއްޓާލާފައެވެ.

އަދ ފަސެންޖަރުން ފިޔަވައި އިތުރު އެއްވެސް ބަޔަކަށް އެއާޕޯޓަށް ވަނުން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތައް ލަންކާ އިން ވަނީ މަނާކޮށްފައެވެ.

ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެގައުމުތަކުން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާއިރު، ރާއްޖެއިން އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖެ އަންނަ މީހުން އެއާޕޯޓުގައި ސްކޭންކުރުމަކުން އަދި ސަލާމަތް ވެވޭކަށް ނެތެވެ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ރައްޔިތުންގެ ފުނާރަ ނުރައްކަލަކަށް ވެއްޓިފައިވާ މިދަނޑިވަޅު ގުރުބާންކުރަން ޖެހޭ ކަންކަންވެސް ހުންނަންވާނެއެވެ.

ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ މައްސަލައިގައި، ހެތްލް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވަނީ، ވައިރަސްގެ މާބޮޑު ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފައިވަނީ، މިވައިރަސް މުޅި ދުނިޔޭގައި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެކަމަކު އެ ވައިރަސްގެ ސަބަބުން ރާއްޖެއަށް ނުރައްކާތެރިކަން ނެތް ކަމަށް މިނިސްޓަރު ވިދާޅުވީ ކީއްވެކަމެއް ހާމައެއް ނުކުރައްވައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމަކަށްވީނަމަވެސް، މިވަގުތައް ޗައިނާ އިން މީހުން އެތެރެވުން ކޮންޓްރޯލްކުރުމަކީވެސް އޮތް ހައްލެއް ކަމަށް ގަބޫލުކުރެވެއެވެ. ސްރީލަންކާގެ ސަރުކާރުން ޗައިނާ މީހުންނަށް ވިސާދިނުން ހުއްޓާލި ގޮތައް ރާއްޖެއިން ވެސް އަމަލުކުރުމަކީ އެބަލިން ރައްކާތެރިވުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ.

ދިވެހި ރައްޔިތުންގެ ފުރާނަ ގުރުބާންކޮށް، ވަކި ބަޔަކަށް މަޖާކޮށްލަން ޗުއްޓީ ހޭދަކުރަން ރާއްޖެއިން މިވަގުތު ފުރުސަތު ދީގެން ނުވާނެއެވެ. ރާއްޖެއަކީ ސިއްހީ ވަސީލަތްތައްވެސް މަދު ގައުމަކަށް ވާއިރު، އެފަދަ ނުރައްކާތެރި ބައްޔަކާއި ދިވެހިން ކުރިމަތިލާން ޖެހިއްޖެނަމަ، އެތައް ރައްޔިތުންނެއްގެ ފުރާނަ ގެއްލި ހިނގައިދާނެއެވެ. އިއާދަނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެއެވެ. އެހެންކަމުން އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ.

މިދިޔަ މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 106އަށް އަރައިފައެވެ. އިއްޔެގެ ނިޔަލަށް އެބަލި ޖެހުނު މީހުންގެ އަދަދު ވަނީ ނިޔަލަށް 4،515 އަށް އަރާފައެވެ. އަދި އެއް ދުވަސްތެރޭގައި އެބަލި 1680 މީހުންނަށް ޖެހިފައިވެއެވެ.

ޗައިނާގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އާ ސެމިސްޓާ ފެށުން ފަސްކޮށްފަ އެވެ. އަދި ރައްޔިތުންނަށް ދެމުންދިޔަ ބައެއް ހިދުމަތްތައް ހުއްޓާލާފައިވާއިރު އެގެ ތެރޭގައި ދަތުރުފަތުރުގެ ހިދުމަތް ހިމެނެއެވެ.

މިހާ ނުރައްކާތެރި ބައްޔެއް ހަލުއިކަމާއެކު ފެތުރެމުންދާއިރު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެހެންކަމުން ރާއްޖެއަށް ރައްކާތެރިކަމެއް ނެތެވެ. ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން އެއާޕޯޓުގައި ސްކޭން ކުރަން ފެށިނަމަވެސް، ބައްޔާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީފައެއް ނުވެއެވެ.

އަވައްޓެރި ހުރިހާ ގައުމަކުން ވައިރަސް ޖެހިފައިވާ މީހުން ފެނިފައިވާއިރު، ރާއްޖެއަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ދުނިޔޭގެ އެކިކަންކޮޅުތަކުން ޒިޔާރަތްކުރާ ގައުމެކެވެ. އެހެންކަމުން ރާއްޖެއިން ވެސް އެބަލި ފެނުމަކީ ވަރަށް ގާތް ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.