N/A
N/A
ހަބަރު 13 Feb 2020 | 19:38

ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ގުރުއާންގެ އިމްތިހާނު ދިނުން ފަސްކޮށްފި

ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖުގެ ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ގުރުއާން މާއްދާއިން އިމްތިހާން ދިނުން ވަގުތީގޮތުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން ވަކި އުސޫލަކުން ކުރާ ކަމެއްކަމަށާއި، އެކަމުގައި އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުންކަމަށެވެ. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއްކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެ ސާކިއުލާގައި ވަނީ ކީސްޓޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށް ބުނެފައެވެ. އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއާނުން އިމްތިހާނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތަށް އަމަލުކުރުމަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީކަމަށްވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި
19 Oct 2026 ހަބަރު

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"
18 Oct 2026 ހަބަރު

"ފައިސާ އެބަހުރި، 1273 މަޝްރޫއު މިހާރު އެބަ ހިނގާ"

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ މިހާރުވެސް 1273 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު
18 Oct 2026 ހަބަރު

ދަރަނި ދެއްކޭނެ، އިތުރު ޓެކުހެއް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް: މާލީ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ އިތުރު ޓެކްސްތަކެއް ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.