23 Feb 2020 | 09:33
ޖަލްސާގައި މީހުން މަދުވިޔަސް، މާލޭގެ 18 ގޮނޑި އެމްޑީޕީން ނަގާނަން: ނަޝީދު

ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާލޭގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން މަދުވި ނަމަވެސް، އިންތިހާބުގައި މާލެ ސިޓީގެ 18 ގޮނޑިވެސް އެމްޑީޕީން ނަގާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

''ރަށްވެހި ފަތިސް'' ގެ ނަމުގައި ރޭ އެމްޑީޕީން ފެށި ކައުންސިލު އިންތިހާބުގެ ކެމްޕެއިން ޖަލްސާއަށް ދިޔަ މީހުން މަދުވުމުން އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށާއި އެމްޑީޕީއަށް އަމާޒުވެފައިވަނިކޮށް، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމަކީ އެއީ އިންތިހާބު ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށެވެ.

މީގެކުރީގެ އިންތިހާބުތަކުގައި މާލޭގެ މެޖޯރިޓީ އެމްޑީޕީން ނެގިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައިވެސް މާލޭ ސިޓީގެ 18 ގޮނޑިވެސް އެމްޑީޕީން ނަގާނެ ކަމަށެވެ.

''މިހާތަނަށް އެމްޑީޕީގެ ހުރިހާ އިންތިހާބީއަކަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް މާލެއިން ބޮޑު ކާމިޔާބީއަކާއި އެކު 18 ގޮނޑިވެސް ލިބޭނެ ކަމަށް ޔަގީންކަން އެބައޮތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރޭގެ ޖަލްސާއަށް ދިޔަ މީހުން މަދުވީ، މިސަރުކާރުންވެސް މާލޭގެ ރައްޔިތުން ހިތްހަމަޖެހޭ ވަރަށް ސަރުކާރުން މަސައްކަތްކޮށް ނުދެވުމުން ކަމަށެވެ. ނަމަވެސް ކެންޑިޑޭޓުންނާ ވާހަކަދައްކައިގެން ކަންކަން ހައްލު ކުރުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލޭގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ގޮނޑިތައް އަތުރާފައި ހުރިނަމަވެސް، ޖަލްސާއަށް ދިޔައީ ވަރަށް މަދު ބައެކެވެ. ޖަލްސާގައި އެތައް ސަތޭކަ ހުސްގޮނޑި ހުރުމުން ގިނަ ރައްޔިތުންގެ ފާޑުކިޔުންވަނީ ސަރުކާރަށާއި އެމްޑީޕީއަށް އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.