Advertisement

ޗައިނާގެ އެހީތަކާއި ގުޅޭގޮތުން ޝިޔާމް އިތުރުފުޅު ހައްދަވައިފި

15 Mar 2020 | 14:25

ކޮވިޑް-19އާއި ގުޅިގެން ޗައިނާާ ސަރުކާާރުގެ ފަރާތުން ފޯރުކޮށްދޭން ބުނި އެހީ ދިވެހި ސަރުކާރުން ބަލައި ނުގަތްކަމަށް ބުނެ ދެކެވެމުންދާ ވާހަކަަތައް ރާއްޖޭގައި ހުންނަ އެގައުމުގެ ސަފީރު ދޮގުކުރައްވައިފިއެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ހާާލަތާއި މެދު ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނާއި އެކު ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ގުޅިގެން މަސައްކަތް ކުރެވިދާާނެ ދާާއިރާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދިވެހިން ޗައިނާއާއި މެދުގައި ބަހައްޓާ ހަމްދަރުދީއާއި ގާތްކަން އިހުސާސް ކުރެއްވޭކަމަށާއި، އެފަދައިން ޗައިނާއިން ދިވެހިންނާާއި މެދުވެސް ދެކޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

މިގޮތަށް ވިދާޅުވުމުން، ޓްވިޓަރގައި އައިސްތު ކިޔާ ފަރާތަކުން ވަނީ ދިވެހި ސަރުކާރުން ޗައިނާާގެ އެހީއެއް ބަލައިނުގަތްކަން، އާނއެކޭ ނުވަތަ ނޫނެކޭގެ ސިފައިގައި ސާފުކޮށްދިނުމަށް ސަފީރުގެ ކިބައިން އެދިފައެވެ. އޭގެ ޖަވާބުގައި ސަފީރު ވަނީ ނޫނެކޭ ވިދާޅުވެފައެވެ.

އެބޭފުޅާ މިހެން ވިދާާޅުވި ނަމަވެސް ކޮވިޑް-19އާއި ގުޅިގެން ޗައިނާާ ސަރުކާާރުގެ ފަރާތުން ފޯރުކޮށްދޭން ހުށައެޅި އެހީ ދިވެހިރާއްޖެއިން ގަބޫލުނުކުުރިކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖްކުރެވެމުންދާ އެއް ގައުމުކަަމަށްވާާ ޗައިނާގެ ނޭވާލާ ނިޒާމްގެ ޑޮކްޓަރުންނާާއި، މެޑިކަލް ސަޕްލައިތައް ފޯރުކޮށްދޭން އެގައުމުން އުޅުމުން ދިވެހި ސަރުކާރުން އެކަން ބަލައި ނުގަތް ސަބަބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސާފުކޮށްދޭން ޖެހޭކަމަށެވެ.

Advertisement

ކޮމެންޓް