31 Mar 2020 | 23:26
ކޮވިޑް-19ގެ އުސްއަލި: މާޗް14 ގެ ފަހުން ޔޫކޭއިން އައި އެންމެން ޓެސްޓް ކުރަނީ

ދިވެހިރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖުމްލަ 18 ފަރާތަކަށް ޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އައުމަށްފަހު ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުރި ފަރާތެއްކަމަށެވެ. އަދި އެއީ މީގެ ކުރިން ހަމަ އެ ރިސޯޓުން ޕޮޒިޓިވްވި ދިވެހިމީހާއާއި އެއް ކޮަޓަރިއެއްގައި ހުރި ފަރާާތެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި ހުރިހާ ދިވެހިންނަކީވެސް އިނގިރޭސިވިލާާތުން އައި މީހުންނެވެ. މިއާއިއެކު، ސަރުކާރުން މިރޭ ވަނީ މާޗްމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެގައުމުން ރާއްޖެއަށް އައި ހުރިހާ ދިވެހިންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށާއި، ޓެސްޓް ހެދުމަށް ނިންމާާފައެވެ.

މި ޚަބަރާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު އެހެނިހެން ވާހަކަތަކަށް ބަލާލާނަމެވެ.

މާޗް14 އަށް ފަހުގައި ޔޫކޭއިން އައި މީހުން ޓެސްޓް ކުރަނީ

މަބްރޫކް ވިދާޅުވީ މިމަހުގެ 14ވަނަ ދުވަހާއި 19ވަނަ ދުވަހާާއި ދެމެދުގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އައި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަން ނިންމާާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންނެވެ. އެގައުމުން އަންނަ މީހުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބަން ފެށީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެންނެވެ.

މިފަރާތްތަކުގެ އިތުރުން އެމީހުންނާާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ އެފަރާތްތައްވެސް ކޮވިޑް-19 އަށް ޓެސްޓްކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ.

ރިސޯޓު މުވައްޒަފުން ތިލަފުށިން މާލެއަށް އަންނަން މަސައްކަތް ކުރަނީ

މަބްރޫކް ވިދާޅުވީ ބައެއް ރިސޯޓްތަކުގެ މުވައްޒަފުން އެ ރިސޯޓްތަކުން ތިލަފުއްޓަށް ކުނި އުކާލަން ދާއިރުގައި، ތިލަފުއްޓަށް ގޮސް މާލެއަށް ދިއުމަށް މަސައްކަތް ކުރަމުންދާާ ކަމަށެވެ. އަދި މިއަދު އެފަދަ ބަޔަކު ފުލުހުން ހުއްޓުވާފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ ދެން މިފަދަ ކަންތައްތައް ހިނގާނަމަ ފުލުހުން ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވެފައެވެ.

މިއީ 31 މާރިޗު ދުވަހުގެ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.