އދ މާމިގިލިން ދަނޑުވެރިކަންކުރުމަށް ހިލޭ ބިންދޫކުރުރަނީ!

07 Apr 2020 | 17:35

ކޮވިޑް-19 އާއި ގުޅިގެން އދ. މާމިގިލިގައި ދަނޑުވެރިކަންކުރުމަށް ކުރުމަށް ވަގުތީގޮތުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މާމިގިލި ކައުންސިލުން މިކަން ހާމަކުރުމަށް ކޮށްފައިވާ އިއުލާނުގައި، ކޮވިޑް19 އާއި ގުޅިގެން މާމިގިލި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބިމުގެ ތަނަވަސްކަން ހުރި މިންވަރަކުން ބިންދޫކުރުމަށް ގަސްތުކޮށްފައިވާކަމަށާއި އަދި މި ބިންތައް ކުރިއަށް އޮތް 6 މަސްދުވަހުގެ މުއްދަތައް އެއްވެސް ކުއްޔަކާއި ނުލައި ދޫކުރަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

"އެއްވެސް އަގަކާއިނުލައި ޖުމުލަ 6 މަސްދުވަހުގެ މުއްދަތަށް، 4000 އާއި 6000 އާއި ދެމެދުގެ 80 ދަނޑު ދޫކުރުމަށާއި މީގެ ކުރިން ބިޑް އުސޫލުން ދޫކޮށްފައިވާ ދަނޑުތަކަށް 2020 އޭޕްރިލް އަދި މެއި މަހުގައި ކުލި ދައްކަން ނުޖެހޭގޮތައް ކައުންސިލުން ނިންމާފައިވޭ" ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކައުންސިލްގެ ނައިބް ރައީސް ޝިހާމް މުހައްމަދު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިއީ ހަމައެކަނި ރަށު ރައްޔިތުންގެ ބޭނުމަށް ހައްދާއެއްޗެއްކަމަށާއި، ވިޔަފާރީގެ ގޮތުން ދަނޑުގައި ހައްދާއެއްޗެއް ނުވިއްކޭނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ރަށުގެ ފުޑް ސެކިއުރިޓީއެއްގެ ވަރުގަދަކުރުމަށްޓަކައި ދޫކޮށްފައިވާ ދަނޑުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކައުންސިލުން އަލަށް ދޫކުރާ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން ބިން ލިބިފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންކަން ފާހަގަކޮށްލަންޖެހެއެވެ.

ކައުންސިލުން ވަނީ 2020 އޭޕްރިލް 15 ވަނަދުވަހުގެ 15:00 ގެ ކުރިން ދަނޑަށް އެދޭ ފޯމް ފުރިހަމަކުރުަމަށްފަހު ސުންގަޑި ހަމަވުމުގެ ކުރިން ލުމަށް އިލްތިމާސްކުރައްވާފައެވެ.

ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި ރަށުގައި 400 އަށްވުރެ ގިނަ ފަޅު ގޯތި ހުރުމާއެކު، މި ގޯތި ތަކުގައިވެސް ދަނޑުވެރިކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް

Advertisement

ކޮމެންޓް