މޯލްޑިވިއަންއިން ދިވެހިން ރާއްޖެގެނައުން، މިއީ ވަކި އާއިލާއެއް ގެންނަންވެގެން ކުރާކަމެއް: އަބްދުއްރަހީމް

11 Apr 2020 | 22:56

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ކުރާ މަސައްކަތަކީ ވަކި އާއިލާއެއް ގެންނަންވެގެންކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުރަހީމް ވިދާޅުވިގޮތުގައި މޯލްޑިވިއަން އިން ބޭރުގައި ތިބި ދިވެހިން ގެންނަމުންދަނީ ދެބޭނުމެއްގައެވެ.

އެގޮތުން ފުރަތަމަ ބޭނުމަކީ ވަކި އާއިލާއެއް ގެނައުމަށް ޗާޓަރު ކުރި ފްލައިޓެއްކަމަށާއި، ދެވަނަ ބޭނުމަކީ މޯލްޑިވިއަން ގެ މުވަޒަފުންނަށް މުސާރަ ދޭނެގޮތެއް ނެތުމުން ބާއްވާ ފްލައިޓްތަކެއްކަމަށް އަބްދުރަހީމް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން އިން ވަނީ ސްރީލަންކާއިން އަދި މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ތެރެއިން 200 މީހުން ކޮންމެ ޤައުމަކުން ގެނެސްދީފައެވެ.

ޢާންމުގެ ފަރާތުން މޯލްޑިވިއަން ގެ ފްލައިޓްތަކުން ޖާގަނުލިބުމާއި، ޖާގަ ދިނުމުގައި ވަކި ބަޔަކަށް ސީޓް ދޭކަމުގެ ތުހުމަތުގައި މޯލްޑިވިއަންއަށް އަންނަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ. އަދި މީހުން ގެނައުމުގައި އެންމެ ހާލުގައި ޖެހިފައިވާ ފަރާތްތައް ތަރުތީބުން ނުގެންނާތީ އެކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

މީގެ އިތުރުން މޯލްޑިވިއަން ގެ ޓިކެޓް އަގު ބޮޑު މައްސަލައަށްވެސް ވަނީ ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވެފައެވެ.

މިކަމަށް ރައްދުދެއްވައި މޯލްޑިވިއަންގެ މީޑީއާ މެނޭޖަރު މޫސާ ވަސީމް ބުނެފައިވަނީ މިއީ ފައިދާގައި ކުރާ ދަތުރުތަކެއްނޫންކަމަށް ވިދާޅުވެފައެވެ.

މޫސާ އިތުރަށް ވިދާޅުވިގޮތުގައި ލަންކާއިން ދިވެހިން ގެނައި ފްލައިޓްގެ ޓިކެޓެއް 200 ޑޮލަރަށް ވިއްކިއިރު، ކޮޗިންއިން ދިވެހިން ގެނައި ފްލައިޓްގެ ޓިކެޓް ވިއްކީ 260ޑޮލަރަށްކަމަށާއި މެލޭޝިޔާއިން ދިވެހިރާއްޖެއަށް އޮޕަރޭޓްކުރާ ފްލައިޓްގެ ޓިކެޓެއް ވިއްކާނީ 330 ޑޮަލަރަަށްކަމަށް މޫސާ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ މި ޓިކެޓްތައް ވިއްކުމުގައި ވަކި ފަރާތަކާާއި މެދު ވަކި ގޮތަކަށް އަމަލުކޮށް، ނުވަތަ ހެޔޮއަގެއްގައި ވިއްކުންފަދަ ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

މޫސާ ވަނީ ހުއްދަ ލިބުނު މިންވަރަކުން އެހެނިހެން މަންޒިލްތަކުގައި ތިބި ދިވެހިން އަނބުރާ ގެނައުމަށްވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement