މި ދަތި ދަނޑިވަޅުގައި އިންޑިޔާއިން އޮތީ ދިވެހިރާއްޖެއާއި އެކުގައި: މޯދީ

20 Apr 2020 | 14:20

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގައި އިންޑިޔާ އޮތީ ދިވެހިރާއްޖެއާއި އެކުގައިކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެކުގައި ބޭއްވި ފޯންކޯލެއްގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާ، އެކަމުގެ ސަަބަބުން ދިވެހިރާއްޖެއަށް ކުރިމަތިިވާ ސިއްހީ އަދި އިގްތިސާދީ ގޮންޖެހުންތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މޯދީ ވިދާޅުވީ ދެގައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ސަބަބުން މި އާންމު ދުޝްމަނާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ ކަންކަން ހަރުދަނާ ވެފައިވާކަމަށް މޯދީ ވިދާޅުވިއެވެ.

އަދި އިންޑިޔާއިން މި އުނދަގޫ ދަނޑިވަޅުގައި އެގައުމުގެ އަވައްޓެރިޔާ އާއި އެކުގައި އޮންނާނެކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement