03 May 2020 | 01:04
އަޅުގަނޑު ހައްޔަރުކުރަނީ ދޮގު އިޤުރާރެއްގައި ސޮއިނުކޮށްގެން، ސާންޕަލް ދޭން ދެކޮޅުނަހަދަން: ޒުހައިރު

ކޮވިޑް-19 ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް އެއްވެސް އިރެއްގައި ދެކޮޅުހަދާފައިނުވާނެކަމަށް އަބްދުﷲ ޒުހައިރު ބުނެފިއެވ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަބްދުﷲ ޒުހައިރު ފުލުހުން ހައްޔަރުކުރުމުގެ ކުރިން "ވޮއިސް" އަށް ވަނީ ކަންހިނގައިދިޔަގޮތް ކިޔައިދީފައެވެ.

ޓެސްޓުކުރުމަށް އިސްވެ އެދުނީވެސް ޒުހައިރު

އަބްދުﷲ ޒުހައިރު ކިޔައިދިން ގޮތުގައި އޭޕްރިލް 24 ީ ހުކުރު ދުވަހު ކޮވިޑްގެ އަލާމާތްތައް ފެނުމުން އޭނާ ވަނީ ސިއްހީ މަރުކަޒަށް ދެއްކުމަށް ގޮސްފައެވެ. އަދި އޭރު ޑޮކްޓަރު ބެލެން ނެތުމުން އޭނާ ވަނީ އެޗްޕީއޭއާއި ވެސް މިކަން ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭޕްރިލް 15 ވަނަދުވަހު އޭނާ މާލެ އައިސް ބާޒާރުމަރީގައި އުޅެފައިވާނެކަމަށާއި، އަދި ބާޒާރު ކްލަސްޓާގައި ގިނަ ބަޔަކު ޕޮޒިޓިވް ވަމުން އައުމާއެކު އޭނާގެ ކިބައިން އަލާމާތްތައް ފެންނަން ފެށުމުން ޓެސްޓުކުރަން އޭނާ އެޗްޕީއޭގައި އެދުނީކަމަށެވެ. އަދި އޭގެފަހުން ގޭގައި އެކަހެރިވެފައި ހުރުމަށްވެސް އޭނާއަށްވަނީ އަންގާފައެވެ.

1 މޭ ވަނަ ދުވަހު ސާންޕަލް ނަގަން އައި ސިއްހީ މަރުކަޒުގެ މުވަޒަފުންގެނައި އެޗްޕީއޭގެ އިޤުރާރުގައި އޭގެ ކުރީ ދުވަހުގެ ތާރީހްގައި އޮތުމުން ޒުހައިރު ވަނީ އިޤްރާރުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައެވެ. އަދި އެ އިސްލާހުކުރުމުން ސޮއި ކުރާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ސާންޕަލް ނެގެނީ އިޤްރާރުގައި ސޮއި ކުރުމުންކަމުން ޒުހައިރުގެ ސާންޕަލް ވަނީ ނުނެގިފައެވެ.

އެއާއެކު ސާންޕަލް ނެގުމަށް ދެކޮޅު ހެދިމަށްބަލައި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް މޫމިނާ، ސިވިލް ކޯޓު މެދުވެރިކޮށް ކޯޓު އަމުރެއްވަނީ ނެރުއްވާފައެވެ.

މި މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކ. ދިއްފުށިން ސާންޕަލް ނަގަން ދިއުމުން އެކަމަށް އެކޮޅުހެދި މީހެއްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުން ބުނީ ކޮވިޑް19 ޖެހިފައިވާ ކަމަށް އަޑުފެތުރުމަށް ފަހު އޭނާ އަމިއްލައަށް އެޗްޕީއޭއަށް ގުޅައި، ކޮވިޑް19ގެ އަލާމާތްތަކެއް ހުރި ކަމަށް ވެސް ބުނި ކަމަށެވެ. އަދި އެޗްޕީއޭ އިން އަންގައިގެން ހެލްތު ސެންޓަރުން ސާމްޕަލް ނަގަން ދިއުމުން އެކަމަށް އޭނާ ދެކޮޅު ހެދުމުން، އެކަމަށް ކޯޓު އަމުރެއް ނެރުނު ކަމަށް ފުލުހުން ބުންޏެވެ.

އަބްދުﷲ ޒުހައިރު ވަނީ އޭނާ އެޗްޕީއޭ އާއި ސިއްހީ މަރުކަޒަށް ގުޅާފައިވާ ކޯލް ރިކޯޑިންގ އިން ވެސް އެނގޭގޮތުގައި އޭނާ ޓެސްޓުކުރުމަށް ދޮކޮޅު ހަދާފައިނުވެއެވެ.

ދިއްފުށި ކޮވިޑް ޓާސްފޯސްގައި ވެސް ހަރަކާތްތެރިވާ ދިއްފުށި ކައުންސިލްގެ ނައިބް ރައީސް  ވޮއިސްއަށް މައުލޫމާތު ދެއްވި ގޮތުގައި ޒުހައިރު އިޤުރާރުގައި ސޮއިކުރުމަށްފަހު ވަނީ ޓެސްޓުކުރުމަށް ދެކޮޅު ހަދާފައެވެ.

މި މައްސަލާގައި ނޭޝަނަލް އެމަޖެންސީ އޮފަރޭޝަން ސެންޓަރ ގެ ތަރުޖަމާނު ވިދާޅުވެފައިވަނީ މި މައްސަލަ ހިނގައިދިޔަގޮތް ބަލާނެކަމަށެވެ.

ޒުހައިރު ވަނީ އޭނާ ބަންދަށް ގެންގޮސްފައިވާނަމަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރާނެކަމަށް ބުނެފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.