ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ އިތުރު 44 މީހެއް ފެނިއްޖެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 34 ބަންގްލަދޭޝްގެ ރައްޔިތުންނާއި، ދެ އިންޑިޔާގެ ރައްޔިތުންނާއި 8 ދިވެހިންނެވެ. މިއާއި އެކު މި ބައްޔަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 618 އަށް އަރާފައެވެ.