ތިއްތަ: ޤުރުއާން އުނގަންނައި ދެއްވުމުގައި 50 އަހަރު!

21 May 2020 | 10:10

ކޮއްކޮ އައިޑީ ކާޑެއް ބަލަން ހުރެފައި މަރިޔަމް ހަސަން ކަލޭފާނު އޭއި ކާކުތޯ އެހިއެވެ. އަޅުގަނޑު ނޭނގެކަމަށް ބުނީމެވެ. ހަމަ ބުނުމާއެކު އަޅުގަނޑަށް ސާބަސް ދިނެވެ. ތެދެކެވެ. މަރިޔަމް ހަސަން ކަލޭފާނު، އެނަން އަޅުގަނޑަށް ނޭނގުން އެއިީ މައްސަލައެކެވެ. ފަހަރުގައި އަޅުގަނޑު އެކަމާ ލަދުގަނެ ދެރަވާންޖެހޭވެސް ޖެހޭވަރުގެ މައްސަލައެކެވެ. ސަބަބުތަށް ވަރަށް ގިނައެވެ.

މިބުނާ މަރިޔަމް ހަސަން ކަލޭފާނަކީ އާދައިގެ ބޭކަނބަލެއްނޫނެވެ. ހިވާގި ފިސާރި ކަނބަލެކެވެ. ލޮލުބޭސް ވެރިއެކެވެ. އުމުރުން 13 އަހަރުގައި އިމާމުވެ ނަމާދުކުރަންފެށި އިމާމެކެވެ. ރަށުގެ ރައްޔިތުން އެމީހަކަށް ލޯބިކުރާ އެތައްބައެއްގެ އެކުވެރިއެކެވެ. އަދި އަޅުގަނޑު ކަހަލަ އެތަކެއްކުދީން ތަކަކަށް ބައިޤަރުނުވަންދެން ހިލޭސާބަހަށް ޤުރްއާން ކިޔަވައިދިން އެދުރު ދައިތައެކެވެ. ނަމަވެސް އެބުނިނަމެއް އަޅުގަނޑަށް ހަމަ ނޭނގުނެވެ. އެހެންކަމުން ސާބަސް ދިންވަރަށްވުރެ ބާރަށް އެއީ "ތިއްތަ" އޭ ބުންޏެވެ. ރަސްމީ ނަންމުން އެއްވެސް އިރެއްގައި އަޅުގަނޑު މުހާތަބުކޮށް ނޫޅޭތީ، އާއިލީ ގޮތުންވެސް އޮންނަ ގުޅުމާއެކު އެއީ ތިއްތައެވެ. އަޅުގަނޑުގެ އެކަނި ތިއްތައެއްވެސް ނޫނެވެ .އެއްވުރެން ބޮޑަށް އެއީ އެންމެންގެ ތިއްތައެވެ. ރަށު ކުދި ބޮޑު އެންމެވެސް ކިޔަނީ "ތިއްތަ" އެވެ. ރ އިނުގަރައިދޭގެ އެންމެންގެ ތިއްތައެވެ.

ތިއްތަ އަޅުގަނޑަށް މުހިންމުވަނީ ހަމަ އެކަނި އާއިލީ ގޮތަކުން ނޫނެވެ. ތަފާތު އެތަށް ގޮތަކުންނެވެ. ހާއްސަކޮށް އަޅުގަނޑު ދަސްކުރުމާ އުގެނުމަށް ކުރި ދިގު ދަތުރުގައި އެންމެ ކުޑަ އިރުންފެށިގެން ހިއްވަރު ދެއްވާ ވާނުވާ ބަލާ ބޭކަނބަލަކަށްވާތީއެވެ. ނޫންނަމަ އަބަދުވެސް އުންމީދީ މީހެއްގެ ގޮތުންނެވެ.

މިދެންނެވީ އަޅުގަނޑަށް ތިއްތަ މުހިންމުވީ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތަކެވެ. އަދި އެންމެ މުހިންމު ސަބަބުއޮތީއެވެ. އެއި ތިއްތައަކީ 50 އަހަރު ވަންދެން އަހަރު އަޅުގަނޑުމެންގެ ރަށުގެ އެތައް ކުދީންތަކަކަށް ޤުރުއާން އުނގަންނައި ދެއްވުމުގައި މަސައްކަތް ކުރަމުންދާ ހިއްވަރުގަދަ އަންހެން ބޭފުޅެކެވެ.

ފޮޓޯ: މާލިކް

އަޅުގަނޑުމެން ކުޑައިރު ކޮންމެ ނަމާދަކަށްފަހު ޤުރުއާން ކިޔަވަން ތިއްތަ ކައިރިއަށް ގޮސްހަދަމެވެ. ޤުރުއާން ކިޔެވުން ފެށެނީ ފަތިސް ނަމާދުންނެވެ. ނަމަވެސް އެއީ އަޅުގަނޑު އެދުން ތެދުވަން އެއްގޮތަށްވެސް ބޭނުންވާ ގަޑިއެއްނޫނެވެ. އަނެއްކާ އަޅުގަނޑަކީ ނިދުމަށްފަހު ކައިރީގައި ބަޔަކު ބެރުޖެހިޔަސް ތެދުވަން ބޭނުންވާމީހެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުގެ ދުވަސް ފަށަނީ މަންމަ ފަތިހު ހަޅޭ ފަޅޭ ޖަހައިގެން ކިޔަވަން ދާހިސާބުންނެވެ. އަޅުގަނޑު ދެވޭއިރު ތިއްތަ އަބަދުވެސް އިންނާނީ ބޮޑު ފަތިހާ ހޭލައެވެ. އާންމު ދިރުއުޅުމުގައި ކުރަން ހުރި މަސައްކަތުގައެވެ. ނަމަވެސް ބަރާބަރަށް ކިޔަވައި ދެމުންގެން ދެއެވެ. އަޅުގަނޑަށް އަބަދުވެސް ލަވާލަނީ ގޮޑިބަރީގެ ފަހަތުންނެވެ އެހެންކަމުން ސުކޫލް އަދި ކޮލެޖްގައި އުނުއިރުވެސް އެންމެ ފަހަތު ގޮޑިބަރި ކަމުދަނީ އެހެންކަމުގައި ވެދާނެއެވެ.

އެކިމީހުންނަށް އެކިއެކި ހުނަރުތަށް ލިބޭނީ އެކިގޮތްގޮތަށެވެ. އެއްބަޔަކު ބޭނުންވާ ހުނަރެއް ހޯދުމަށް ކުރާނީ މަސައްކަތެވެ . އަދި އެނެއްބަޔަކަށް ހުނަރަކީ ވާރުތަކުރާ ކަމެކެވެ. ނަމަވެސް ފަހަރުގައި މިއީ މިކަން ހިނގާގޮތްކަމުގައި ނުވެހިނގައިދާނެއެވެ.

ތިއްތަގެ ބައިގަރުނުވީ ކިޔަވައިދިނުމާ އުގެނުމުގެ މަސައްކަތް ފެށުނީ ތިއްތަގެ އުމުރުން އެންމެ 13 އަހަރުގައެވެ. އެހުނަރަކީ ނުވަތަ މަސައްކަތަކީ ތިއްތަގެ މަންމަގެ ފަރާތުން ލިބުނު މާތް އާދައަކާއި ހުނަރެކެވެ. ތިއްތަގެ މަންމައަކީވެސް ރަށުގެ ކުދިންނަށް ޤުރުއާން ކިޔައިދެއްވި އެދުރުދައިތައެކެވެ. ޅައުމުރުގައި ތިއްތަގެ މަންމަގެ މަސައްކަތައް އެހީތެރިވުމަށް ފެށި މަސައްކަތް މިވީ އަޅުގަނޑު ކަހަލަ އެތައް ކުދިންނަކަށް ލިބުނު ބޮޑު ނަސީބަކަށެވެ. ތިއްތައަށް ދުނިޔެ އުމަރަށް ލިބުނު ބޮޑު ހިންހަމަޖެހުމަކަށެވެ. އަދި ތިއްތަގެ އުފާވެރިކަމަށެވެ.

ތިއްތަ ޤުރުއާން ކިއަވައިދޭން ފެށިގެން އައީ މަންމަގެ އެދުމަށް ވޮށިފިލާ އަޅައިދިނުމާއެކުއެވެ. އެކަންވީ ތިއްތަގެ މަސައްކަތުގެ ބިންގަލަކަށެވެ. ޤުރުއާނަށް ލޯބިޖެހުނު ސަބަބުކަމަށެވެ. އަޅުގަނޑަށް ވޮށިފިލާ އެޅުންވީ ޖޯކަކަށެވެ. ގަޔާނުވާ ކިއަވައިދިނުމުގެ ބޭނުންކުރާ ތާކުންތާކު ނުޖެހޭ ގޮތަކަށެވެ. އެއިމީގެ 25 އަހަރު ކުރިން އަޅުގަނޑުގެ ވިސްނުމަށް އައި ގޮތެވެ. އޭރު އަޅުގަނޑު ކަހަލަ އެތައްކުދީންނެއް ޤުރުއާން ކިޔަވަން ފަށައިގަތީ ވޮށިފިލާ އަޅައިގެންނެވެ.

އަޅުގަނޑުމެންނަށް އަދި ޖީލުގެ ގިނަކުދިންނަށް ގިނަފަހަރަށް ވާގޮތަކީ ހުރިހުނަރެއް ބޭނުންނުކުރުމެވެ. ފަރުވާކުޑަވުމެވެ . ނުވަތަ މައިންބަފައިންގެ ފަރާތުން ލިބޭހުނަރުތަށް ދޫކޮށްލުމެވެ. އެއީ ކިތަންމެ ބޭނުންނުންތެރި އަދި ފައިދާކުރަނިވި ހުނަރުތަކަކަށް ވީނަމަވެސްމެއެވެ. ތިއްތަގެ ވިސްނުން ގެންގުޅުނީ ދިމާ އިދިކޮޅަށެވެ. އުމުރުން އެންމެ 16 އަހަރުގައި މަންމަ ނިޔާވުމުން ކިއަވައިދިނުން ހުއްޓަލުމުގެ ބަދަލުގައި ތިއްތަގެ މިސްރާބު ގެންގުޅުނީ އަމިއްލައަށް މައިންބަފައިން ކުރަމުންދިއަކަންތަށް ކުރުމަށެވެ. ތިއްތައަކީ ހިއްވަރުގަދަ ސަކަރާތްވެސް ބޮޑުމީހެކެވެ. އަދި ކަންކަން ކުރަންދަންނަ ވައްޓަފާޅި، ނޫންނަމަ އަހަރުމެން މިކިޔާ ނޯ ހައު އެނގޭމީހެކެވެ.ކަންކަން ކުރަންދަންނަ، ކަންކަން މީހުންލައްވާ އިގޭމީހެކެވެ. އަޅުގަނޑަކީ ޑްރާމާއާއި ނެށުމަށް އެއްވެސް ވަރަކަށް ދަންނަ މީހެއްނޫނެވެ. ސުކޫލްގައި އުޅުނުއިރުވެސް އިތުރުހަރަކާތެއްގައި ބައިވެރިވި އަދި ބައިވެރިވާން ބޭނުންވާ މީހެއްނޫނެވެ. ނަމަވެސް އެ ތިއްތަ ޤުރުއާން ކިޔަވަންދިޔަ ކޮންމެ އަހަރަކު އަހަރެންނަށް އެ ލަނޑުދިނެވެ. މުންޑުލައްވާ އަޅުގަނޑާއި އަޅުގަނޑުގެ ރަހުމަތްތެރިން ކަރުގައ ބެރުއަޅުވާ މުޅިރަށުގައި ހިންގުވިއެވެ. ބެރޭ ބުންޔަސް މިބުނަނީ ބެރެއްގެ ވާހަކެއްނޫނެވެ. މިކިޔާނީ ނެސްޕްރޭ ކިރު ހުސްކުރި ދަޅުގެވާހަކައެވެ. ކަރުގައި ބެރުއަޅުވާ، މުންޑުލައިގެން ރަށުތެރޭ ހިނގުން އެއީ ކުރަންބޭނުން ކަމެއްނޫނަސް މިއަދު އެހަނދާނަކީ އަޅުގަނޑު އެހަނދާނެއް ހުންނަ ހަނދާނެކެވެ. އުފާވެރި ހަނދާނެކެވެ. އަދި އެހަނދާނަކާއި އަޅުގަނޑުގެ މާމާ ގުޅުވައިދޭ ހަދާނެކެވެ. އެއީ އަޅުގަނޑަށްވުރޭން ބޮޑަށް އެކަމަށް ފޯރިހުންނަނީ އަޅުގަނޑުގެ މާމައެވެ.

ކޮންމެއަކަސް ފަތިހު ތިއްތަ ނިދި ނަގާލާފައި ކުދިންނަށް ބަދިގޭގައި އިދެގެން ކިޔަވައި ދިނީ ކިތަށް ދުވަހުކަމެށް ބުނަން އަޅުގަނޑަށް ނޭނގެއެވެ. ނޫންނަމަ އަޅުގަނޑު ކަހަލަ ބޯހަރު އެތައް ކުދިންނަށް ކިޔަވައި ދެމުން، އަންދާ ނުލާ ފިހުނީ ކިތަށް ރޮށިކަމެއްވެސް ނޭނގެއެވެ. ވިރުވާނުލާ އިސްތިރުކުރި ކިތަށް ހެދުންކަމެއް ދަންނަވާކަށް ނޭނގެއެވެ. ބަލިވެ އުޅެމުން ކިޔަވައި ދިނީ ކިތައް ދުވަހުކަމެއްވެސް ނޭނގެއެވެ. 160 ކުދިންނަށް ކިއަވައިދެމުން ލިބިފައިވާ ކުދިން މޮޅު ބަސްއަހާ ކުދިންނަށް ހެދީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ.

ދަންނަވަން އެނގޭހާވެސް އެއްޗަކީ ތިއްތައަކީ އެތައް ދުވަހެއްވަންދެން ހިދުމަތްކުރި އަދި ހިދުމަތް ކުރަމުންދާ ހިދުމައްތެރި އެކެވެ. މާތް މަސައްކަތެއް ދިރުވަމުންދާ ހިދުމަތްތެރިއެކެވެ. އެތައް ސަތޭކަ ކުދިންނަށް ކީރިތި ޤުރުއާން އުނގަންނައި ދެއްވި އަންހެން ބޭފުޅުނަށް ހުރި ނަމޫނާ ފަހުލަވާނެކެވެ. އެހެންކަމުން އެކަމަނާއަށް ފަރުދީގޮތުން އަދާކުރަންޖެހޭ ޝުކުރު އަދި ދަރާފައިވާ ދަރަނި ބޮޑެވެ. އަދާކުރާނެ ގޮތެއް ނޭނގެއެވެ. ނަމަވެސް ބުނަންއޮތީ ތިކުރާ ބުރަ އަދި މާތް މަސައްކަތަށް ސާބަހެވެ. މާތް ﷲ ތިއްތަ ކުރަމުން ތި ގެންދަވާ މަސައްކަތަށް ބަރަކާތް ލައްވައި ދުޅަހޮޔޮ ސިއްހަތަކަށް އެދެމެވެ އަދި އަހުރެން މި ލިއުނު ތިން ސޮފްހާއަކީ ރަހުމައް އެދެމުން ކުރި ދުވާއެކެވެ.

Advertisement

ކޮމެންޓް