16 May 2020 | 20:28
ހައުސިންގ ލޯނުތައްް އަނބުރާ ދެއްކުން ފަސްކުރުމުން ލިބޭ ލުއި ކުއްޔަށް ތިބި ފަރާތްތަކަށް ފޯރުކޮށްދޭން އެދިއްޖެ

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައިވާއިރު، އެ ލުއި ކުއްޔަށް ތިބި ފަރާތްތަކަށްވެސް ފޯރުކޮށްދޭން އެދިއްޖެއެވެ.

މިފަދައިން އެދިވަޑައިގެންނެވީ މިއަދު މެންދުރުފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލީސިންގ ކުންފުނިތަކުން ގެދޮރު ހެދުމަށް ނަގާފައިވާ ލޯނުތަކަށް ލުޔެއް ދިނުމާއި ބެހޭގޮތުން ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމެވެ.

ސަރުވަޝް ވިދާޅުވީ ލޯނުތައް އަނބުރާދެއްކުން ފަސްކުރުމަކީ ރިލީފް ޕެކޭޖްގެ އެއްބައިކަމަށާއި، މިއީ ހައުސިންގ ލޯންތައް ނަގާފައިވާ ފަރާތްތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކޭޝް ފްލޯ ލުޔެއް ކަމަށެވެ. އެހެންކަމުން އެފަދައިން ލިބޭ ކޭޝް ފްލޯ ލުއި ގެދޮރު ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ފޯރުކޮށްދިނުން އެދިވަޑައިގަންނަވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މި ނޫހުގެ ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފައިނޭންސް ލީސިންގ އިން ލޯނު ނަގައިގެން ގެދޮރު ހަދާފައިވާ ފަރާތްތަކަށް ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ދެވެން އޮތް ލުއިތައް މިހާރުވެސް ދީފައިވާނެ ކަމަށެވެ. 

އަދި ޕްރައިވެޓް ފައިނޭންސް ލީސިންގ ކުންފުނިތަކުން ލޯނު ނަގާފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް ކުރެވޭނެ ކަންތައްތައް ބަލާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ