ބީއެމްއެލްގެ ހިދުމަތް މިމަހު ލިބެނީ 18، 20 އަދި 26 ވަނަދުވަހު!

17 May 2020 | 19:31

ކޯވިޑް-19 އާއި ގުޅިގެން މި ހިނގާ ފުރަބަންދުގެ ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން ދާ އުސޫލްތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އަސާސީ ޚިދުމަތްތައް މި މަހުގެ 18، 20 އަދި 26 މި 3 ދުވަހު ފޯރުކޮށްދިނުމަށް ބޭންކް ހުޅުވުމަށް ނިންމާފައެވެ. 

އެ ދުވަސްތަކުގައި ހިދުމަތްތައް ދިނުމަށް ކަނޑައަޅާފާވާ ގަޑި ތަކަކީ، ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އެއާއެކު ކަނޑައަޅާފަވާ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާރ ކުރުމުގެ ޚިދުމަތް ވެސް ހިމެނެއެވެ.

އެ ހިދުމަތް ހޯދަން، ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއިއެކު ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލުން ފޮނުވޭނެކަމަށާއި އޭގެ އިތުރުން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ވެސް ޓީޓީ އެޕްލިކޭޝަނަށް ހުށަހެޅޭނެ ކަމަށްވެސް ބެންކުން ހާމަ ކުރި މައުލޫމާތު ގައި ވެއެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ނަމަވެސް އެ ބޭންކުގެ ބައެއް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަ އަދި އެއްމެ ރައްކާތެރި ގޮތެއްގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

Advertisement

ކޮމެންޓް