17 May 2020 | 19:45
އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. 

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓުގެ އިތުރު ވުމެކެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ މާލީ އުސްއަލިތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނީގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 211 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހަރަދު ކޮށްފައިވާ 248 މިލިއަން ރުފިޔާއަށްވުރެ 37 މިލިއަން ރުފިޔާ ނުވަތަ 14 ޕަސެންޓުގެ ދަށް އަދަދެކެވެ.

ފުރަތަމަ ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ހުރީ 159 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފަހު ކުއަރޓަރ ގައި އޮޕަރޭޓިންގ ޕްރޮފިޓް ހުރީ 98 މިލިއަން ރުފިޔާ އެވެ. މި ކުއަރޓަރ ގައި ޓެކްސް އަށް ކެނޑުމުގެ ކުރީގެ ފައިދާއަކީ 138 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އިތުރުވީ ރަނގަޅު ރޭވުންތެރިކަމާއި މެނޭޖްމަންޓުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. 

ކޮވިޑް 19އާ ގުޅިގެން ކުއާޓަރުގެ ފަހުކޮޅު ވިޔަފާރީގެ މާހައުލަށް ކުރިން ލަފާ ނުކުރެވުނު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ބާވަތްތަކަށް އިސްކަން ދީގެން ވިޔަފާރި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ