20 May 2020 | 19:03
އިތުރުގަޑީގެ ފައިސާއާ ގުޅޭ އައު އުޞޫލު އުވައިލުމަށް ސިއްހީ މަސައްކަތްތެރިންގެ ޔޫނިއަނުން ގޮވާލައިފި

ޞިއްޙީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ޙާއްސަ އިނާޔަތެއް ދޭނެކަމަށް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައިވާ މިވަގުތުގައި، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބުކުރާގޮތަށް ބަދަލުގެނެސް، އެފައިސް ނުލިބޭނެގޮތަށް ބަދަލު ކުރެވުނު އުސޫލު އުވާލައި، މިހާތަނަށްވެސް އަމަލު ކުރަމުން އައިގޮތަށް ބަދަލުކޮށްދިނުމަށް ގޮވާލައި، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ނޫސް ބަޔާނެއް ނެރެފިއެވެ

މިމަހުގެ މުސާރަ ދިނުމާއިގާތްކޮށްފައި މިމަހުގެ 16 ވަނަދުވަހު މިނިސްޓްރީ އޮފް ހެލްތްގެ އެގްޒަކަޓިވް ބިއުރޯއިން ބަނީ ކުއްލި މެމޯއެއް ނެރެ، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބު ކުރާގޮތަށް ބަދަލުގެނެސްފައެވެ.

"ވޮއިސް" އާއި ވާހަކަ ދެއްކި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިހާތަނަށްވެސް ރޯދަ މަހު ރަސްމީ ޑިއުޓީގަޑިގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރު އޮފީހާއި އެއްގޮތަށް 4 ގަޑި އިރުމަކާއި، އޭގެ ފަހުން އަދާކުރާ 2 ގަޑި އިރަކީ އިތުރުގަނޑިކަމަށް ބަލައި ނިކުންނަ ކޮންމެ ދުވަހަކަށް 6 ގަޑި އިރުގެ ޑިއުޓީ އަދާކުރަންޖެހޭގޮތަށް އޮތުމެވެ.

މިގެނައި ބަދަލާއެކު 6 ގަޑި އިރަކީ ރަސްމީ ޑިއުޓީ ގަޑިކަމަށް މިވަނީ ހަމަޖައްސާފައެވެ. މިނިސްޓްރީން މުވަޒަފުންގެ މުސާރައަށް މިފަދަ ބޮޑެތި ބަދަލުތަކއް ގެންނަނީ ކޮންމެ ފަހަރަކުވެސް އެމަހެއްގެ ބޮޑު ބައި މަސައްކަތް ކުރުމަށްފަހު، މުސާރަ ދިނުމަށް ގާތްވުމުންކަން އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ބެހޭ ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް 19 ވައިރަސްގެ އަސަރުން އެ ޔޫނިއަންގެ މެންބަރުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ ގޮންޖެހުން ތަކުން އެމީހުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެޔޫނިއަނުން ތަކުރާރުކޮށް ގޮވައިލަމުން އަންނަ ކަމަށެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ފާއިތުވި ދިގު މާޒީގައި މަސައްކަތް ކޮށްފައިވަނީ، އަދި ކުރަމުން ދަނީ ވެސް، އެމީހުންނަށް ދެވުނު އިނާޔަތް ނުވަތަ ހިމާޔަތަށްވުރެ ބޮޑަށް، ޤައުމަށާއި ބަލިމީހުންނަށް ޚިދުމަތްކޮށް ދިނުމުގެ ރޫހުގައިކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ހިތާމަޔަކީ މިފަދަ ބަލިމަޑުކަމަކާއި ކުރިމަތިލާންޖެހުނު އިރު ޞިއްޙީ ދާއިރާގެ 19 ގިންތިއެންގެ މަސައްކަތްތެރިން ތިބީ ވަޒީފާގެ ރައްކާތެރިކަމާއި، ވަޒީފާގެ އޮނިގަނޑެއްނެތި، އަސާސީ މުސާރައަށް އެންމެ 5610 ރުފިޔާ ލިބޭ އުސޫލަކުންކަން ފާހަގަކުރާ ކަމަށް އެބަޔާނުގައި ވެއެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ މިހާލަތުގައިވެސް މަސައްކަތްތެރިންނާއި މަޝްވަރާނުކޮށް ކަނޑައަޅާ ސިޔާސަތުގެ ސަބަބުން ޞިއްޙީ މި އެމެޖެންސީގެ ހާލަތުގައި ވެސް، މަސައްކަތްތެރިންނަށް ލިބެންވާ އަސާސީ ހައްޤުތައް ކަށަވަރުކޮށް ދިނުމާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް، ސީދާ ގޮތުން އަދި ނުސީދާގޮތުން، ނޭދެވޭ އަސަރުތަށް ކުރަމުން ދާކަމަށެވެ.

” ފާއިތުވި އަހަރުތަގުއި އަދި އާންމު ޙާލަތުގައިވެސް ސިވިލްސާވިސްގެ ސިއްޙީމަސައްކަތްތެރިންނަށް ކަނޑައެޅޭ މަސައްކަތު ގަޑީގެ އިތުރަށް ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ދެވެމުންއައި ކަމާއި، ސިއްޙީ މަސައްކަތް ތެރިންގެ އާމްދަނީ ބިނާވަނީ އިތުރުގަޑީގެ ފައިސާއި އެހެނިހެން އެލަވަންސްތަކުގެ މައްޗަށް ކަމަށް ވީހިދު، މިފަދަ ސިއްޙީ ކާރިސާއެއްގައި، ފުރާނަ އަތްމައްޗަށް ލައިގެން، ޢާއިލާއާއި ދުރުގައި ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ޞިއްޙީ ޚިދުމަތްތެރިންނަށް ލިބޭ ޖުމުލަ އާމްދަނީން ބައެއް އުނިވެގެން ދާގޮތަށް ސަރުކާރުގެ ފަރާތުން އެކުލަވާލެވުނު އުސޫލު، މި ޔޫނިޔަން އިން ބަލައިނުގަންނަ ވާހަކަ ދަންވަމެވެ. ” އެ ބަޔާނުގައި ބުނެފައި ވެއެވެ.

އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބު ކުރާގޮތަށް ބަދަލުގެނައުން

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޞިއްޙީ މަސައްކަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ޙާއްސަ އިނާޔަތެއް ދޭނެކަމަށް ސަރުކާރުގެ ފަރާތުން އިޢުލާން ކޮށްފައިވާ މިވަގުތުގައި، އާންމު އުސޫލުން ލިބެމުންއައި އިތުރުގަޑީގައި ކުރާމަސައްކަތަށް ލިބެންޖެހޭ ފައިސާ ހިސާބު ކުރާގޮތަށް ބަދަލުގެނެސް، އެފައިސާ ނުލިބޭނެ ގޮތަށް ބަދަލު ކުރެވުނު އުސޫލު އުވާލައި، މިހާތަނަށްވެސް އަމަލު ކުރަމުން އައި، ގޮތަށް ބަދަލު ކޮށްދިނުމަށް އެ ޔޫނިޔަންގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސަށާއި ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.

އިތުރު ގަޑީ ފައިސާގެ މައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލައި އެމްއެޗްޕީޔޫއިން ނޫސް ބަޔާނެއް ނެރުނު އިރު، ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން ދަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.