04 Jun 2020 | 00:36
ދެ ރައީސުންނަށް ފާޑުކިޔައިގެން ވަޒީފާއިން ވަކިކުރި ކަމަށް ލިޔުން ފޮނުވުނީ އިދާރީ އޮޅުމަކުން: އެމްޕީއެލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައިގެން ކަމަށްބުނެ ހިތަދޫ ޕޯޓްސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ލިޔުން ފޮނުވުނީ "އިދާރީ އޮޅުމަކުން" ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިތަދޫ ޕޯޓްސްގެ މުވައްޒަފަކު އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކަށް އަމަލު ނުކޮށް، ދެ ރައީސުންގެ އަބުރު ގެއްލޭގޮތަށް ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ފާޅުގައި ލިޔަމުންދާތީ ފަހުގެ އިންޒާރަށްފަހު ވަޒީފާއިން ވަކިކުރިކަމަށް ބުނާ ލިޔުމެއް މިއަދު މީސް މީޑިޔާގައި ވަނީ ދައުރުވެފައެވެ. ވަކިކޮށްފައިވަނީ އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރ ގްރޭޑް 1ގެ މަގާމުގައި ހުރި މީހެކެވެ.

މިކަމާއި ގުޅިގެން މީސް މީޑިޔާގެ އެކި މަންސަތަކުގައި ގިނަބަޔަކު ދަނީ މި ނިންމުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސަރުކާރުގެ އިންތިޚާބީ ވައުދުތަކާއި ދެކޮޅުކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

މި މައްސަލަ ހޫނުވެފައި ވަނިކޮށް، ވަޒީފާއިން ވަކިކުރި ސަބަބަކީ އެއީކަމަށް ލިޔުމުގައި ޖެހިފައިވަނީ އިދާރީ އޮޅުމަކުން ކަމަށް އެމްޕީއެލްއިން މިހާރު ވަނީ ބުނެފައެވެ.

އެގޮތުން މީޑިޔާތަކާއި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ވަޒީފާއިން ވަކިކުރި ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބަކީ އެއީކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށާއި، ފަހުން އެ ލިޔުން އިސްލާހުކުރުމަށް ފަހު ފޮނުވުނު ކަމަށެވެ. ޝާހިދު ވިދާޅުވީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެންކަމަށެވެ.

އެބޭފުޅާ ވަނީ މިނިވަންކަމާއި އެކު ޚިޔާލު ފާޅުކޮށްގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ކަނޑާނުލާނެކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ