11 Jun 2020 | 12:11
ކޮވިޑް-19 ރާއްޖެ: ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށ 197 މިލިއަން ރުފިޔާ ވޯލްޑްބޭންކުން ދިނުމަށް ފާސްކޮށްފި

ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި، މުސާރައަށް ނޭދެވޭ އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް “ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” އަށް 12.8 މިލިއަން ޑޮލަރު ނުވަތަ 197.38 މިލިއަން ރުފިޔާ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުން ދިން އެހީގެ ސަބަބުން ކޯވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އިނާޔަތް ދިނުމަށް ކުރިއަށްގެންދާ މަސައްކަތަށް ސަރުކާރަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މި އެހީގައި ހިމެނެނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ. އައިޑީއޭ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ ތެރެއިން އެހީތެރިވުމަށް އުފައްދާފައިވާ ވޯލްޑް ބޭންކްގެ ގޮތްޕެކެވެ.

ކޮވިޑް-19 އާއިގުޅިގެން ލިބިފައިވާ އެހީ:

ކޯވިޑާއި ގުޅިގެންވެސް ރާއްޖެއަށް އަންނަނީ ގިނަ އެހީތަކެއް ލިބެމުންނެވެ. މި ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިން ޤައުމުތަކުގެ ތެރެއިން އެމެރިކާއިން ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ. ކެނެޑާއިން ވަނީ 1 މިލިއަން ރުފިޔާ ދީފައެވެ.

ޖަޕާނުން 8.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދީފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމާފައި ވާއިރު، އަދި އިންޑިއާއިން ވަނީ 150 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައި އެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ކުރިން ވަނީ 17.3 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފައިވެ އެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ 600،000 ޑޮލަރުގެ އެހީ ރާއްޖެ އަށް ދީފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް ވަނީ 77.3 މިލިއަން ރުފިޔާގެ ސިއްޙީ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.