25 Jun 2020 | 14:25
މަޖިލިސް މެންބަރު އަރިހުން އެދުނީ ކާއެއްޗަކަށް. ވިދާޅުވީ ދޭނެއެއްޗެއްނެތްކަމަށް!

މިއީ މިމަހުގެ 21 ވަނަދުވަހު ރައްޔިތުންގެ މަޖިލިސް ކުރާގޭ ސަރަހައްދުގައި ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. ތޯތޯއެއްނޫނެވެ. އަޅުގަނޑަށް ފެނި ތަޖުރިބާ ކުރަން ޖެހުނުކަމެއްގެ ވާހަކައެވެ.

މަޖިލިސް ކުރާގެ ސަރަހައްދުގައި އެމްޑީޕީ މެންބަރެއް މަޖިލިސް ޕާކިންގ ގޭޓް ސަރަހައްދުގައި ހުއްޓައި، ހާއްސަ އެހީއަށް ބޭނުންވާ މީހަކު މެންބަރު ގާތުން ކާނެ އެއްޗެއް ލިބިދާނެތޯ އެއްސެވިއެވެ. އެމެންބަރު ނެތްކަމަށް ބުނެ އަތްހޫރާލުމަށްފަހު ވަނީ އެތެރެއަށެވެ. އަޅުގަނޑާއި، މަންޒަރު ދުށް ދެމީހަކާއެކު އޭނާ ގާތަށް ގޮސް ވީގޮތް އެހުމުން ކިޔައިދިނެވެ. ވާޒީފާނެތި، އާމްދަނީއެއް ލިބޭނެގޮތް ނެތިފައިހުރި ހާއްސަ އެހީއަށް ބޭނުންވާ މި މީހާ ބޭނުންވީ ބަނޑުހައި ހޫނުކަން ފިލުވާލަން ކާއެއްޗެއްކަމަށާއި، މެންބަރު ނޫނެކޭ އެ ވިދާޅުވީ އެކަމަށް އެދުމުން ކަމަށް ބުންޏެވެ. މަގުމަތީގައި ހަރަކާތްތެރިވި އާދައިގެ ދެ ރައްޔިތުން ވެގެން އޭނާ ބޭނުންވާ ތަކެތި ގަނެދިނެވެ.

މެންބަރު މުއިއްޒު ކެންޕެއިން ސައިގައި 

މިއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިޤްތިސާދީ ބޮޑު ގޮންޖެހުންތަކާއެކު ދިވެހި އަދި ބިދޭސީންނަށް މިއަދު ކުރިމަތިވެފައިވާ ދަތިކަމެވެ. އަދި މިއީ ރައްޔިތުންގެ ހާދިމުންގޮތުގައި އަމިއްލައަށް މުސާރަ ކަނޑައަޅުއްވައިގެން ތިއްބަވާ އިއްޒަތްތެރި މެންބަރެއްގެ ހާލުވެސްމެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަޖިލިސްގެ މުސާރަ 35-20 ޕަސަންޓުގެ އަދަދަކަށް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ޖުމްލަ މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ލިބިވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އަސާސީ މުސާރައިން އިން 30 ޕަސެންޓް އުނިކުރުމުން ދެން ލިބިވަޑައިގަންނަވާނީ، 69،750 ރުފިޔާއެވެ. މިއީ ރައިސުލްޖުމްހޫރިއްޔާއާއި ރައީސުލުޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ދެން ލިބިވަޑައިގަންނަވާ މުސާރައަށްވުރެ ބޮޑު އަދަދެކެވެ.

ނަމަވެސް ހާލުގައި ޖެހިފައިވާ ރައްޔިތަކަށް އެހީވުމަށް އިއްޒަތްތެރި މެންބަރު މިވަނީ ނުކުޅެދިފައެވެ. މިއީ ބަލަން ހުންނަން އުދަގޫވި މަންޒަރެކެވެ. އަޑު އަހަންވެސް ފަސޭހަވި ވާހަކަތަކެއް ނޫނެވެ.

މެންބަރުގެ ޖީބުން ހަރަދުކުރުން އެއީހައްލެއްނޫނެވެ.ނަމަވެސް މިފަދަ ކަންކަމަށް ހައްލު ހޯދައިދިނުމަކީ މެންބަރުންގެ ޒިނަމާއެކެވެ. ދެވަނަ ބާރުގެ ޒިންމާއެކެވެ. މެންބަރުން ސަރުކާރަށް ފާޑުކިޔުމުގެ ބަދަލުގައި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހެއެވެ.

މަޖިލިސް ތަޅުމުގައި ކެމޭރާތަކުގެ ކުރިމަތީގައި ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރެއްވުމަށްފަހު، ރައްޔިތުންނާއި ކުރިމަތިލައްވާތޮތް މުޅީންވެސް ތަފާތެވެ.

ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން، ކޮވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދެއްކުމުގެ ސަބަބުން ގެދޮރުން ވަނީ ނިކުންނަންޖެހިފައެވެ. ގިނަ ބަޔަކަށް މިހާރުވެސް ސަރުކާރުން ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދެމުން ދާކަމަށް ބުނާއިރު، މިފަދަ އެތައް ބަޔަކު މިއަދު މަގުމަތީގައި ސަލާންޖަހަމުން ދެއެވެ. އެދެނޭ ފައިސާއަކަށް ނޫނެވެ. ކާނޭއެއްޗަކަށެވެ. ދިވެހިންނާއި ބިދޭސީންނެވެ. އިންސާނުންނެވެ.

މިވާހަކަ ދައްކާލަންޖެހޭ ވަރަށް މުހިންމު އެއްސަބަބުވެއެވެ. މަޖިލިސް އިންތިހާބުތަކާއި ދިމާކޮށް ރައްޔިތުންގެ ގާތަށްގޮސް ހާލުބަލައި، ބޭނުންވާ ތަކެއްޗާއި ހަރުމުދާވެސް ދެއެވެ. އަބަދުމެ ހަރުގެ ތަކުން ހިލޭ ކެއުންވެސް ލިބެން ހުރެއެވެ. މެންބަރުން އިސްވެ މަސައްކަތް ކުރައްވާފައިވަނީ ވެލްފެއާ ފަންޑެއްގޮތުގައެވެ. އެހެންކަމުން މެންބަރު ކަމަށް ހޮވުމުން މިކަމުން ރެކެވޭނެތޮތެއް އޮންނާނެކަމަކަށްވެސް ނުބެލެވެއެވެ.

މިއަދު މިހާލަތަށް އިޔާއަތްކޮށް ކުރެވޭ ސުވާލަކީ "އިންސާނިއްޔަތު" އިސްކުރަން ޖެހޭ މިހާލަތުގައި އިންސާނިއްޔަތު ކޮބައިތޯއެވެ. ރައްޔިތުންނަށް ހެޔޮގޮތް ހޯދައި، ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރަން ޖެހޭ މެންބަރެއްގެ ހާލަކީމިއީއެވެ. މަޖިލީހުން ރައްޔިތުންގެ ހައްޤުގައި ކޮވިޑް-19 އަށް ބެލުމެއްނެތި މަޖިލިސް ހުޅުވައިގެން ކުރައްވަނީ ރައްޔިތުންގެ މަސައްކަތަ ކަމުގައި ވިދާޅުވިނަމަވެސް، ރައްޔިތުންގެ ގެ ހަޤީގީ މައްސަލަތައް މަޖިލިސް ގޭޓުން ބޭރުވުމުން ނުހަނު ސާފުކޮށް މެންބަރުންނަށް މިހިރީ ފެންނާށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.