30 Jun 2020 | 07:39
ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލީ މަޖިލިސް މެންބަރެއްގެ ނުފޫޒުންކަމަށް ނުދެކުމަށް އެދެން: ރައީސް ނަޝީދު

ހުޅުމާލޭގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލީ މަޖިލިސް މެންބަރެއްގެ ނުފޫޒުންކަމަށް ނުދެކުމަށް އާންމުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖިންސީ ގޯނާ އަދި ގެވެށި އަނިޔާތަކުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގާއި ގުޅިގެން މަޖިލިސް މެންބަރަކު މުއައްސަސާތަކުގެ އިސްވެރިންނަށް އިރުޝާދެއް ނުވަތަ ލަފައެއް ދިނުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ ރިޔާސަތުން ތަރުހީބު ދޭނެކަމެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ދޫކޮށްލެވުނީ އެއީ މަޖިލިސް މެންބަރެއްގެ ފިރިކަލުންނަށް ވާތީކަމަށް ބައެއް ވާދަވެރި ޕާޓީތަކުން ބުނަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ނުދެކުމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުން ދޫކޮށްލީ އެ މީހުން ބަންދުގައި ބައިތިއްބަން ފުލުހުންނަށް ނުފެންނާތީ ކަމަށް ފުލުހުން ބުނާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި ބުނީ ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނަށް ހުށައެޅުނީ، މިމަހުގެ 26ވަނަ ދުވަހު ފަތިހު ފަހެއް ޖަހާކަށްހާއިރު، ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާއާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ. އެގޮތުން އެތަނަށް ގޮސް މައުލޫމާތު އޮޅުން ފިލުވުމުން، 25 ޖޫންވަނަ ދުވަހުގެ ރޭ ރަހުމަތްތެެރިއެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުންނާއި އެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އޭނާގެ ގައިގައި ނުރުހުމުގައި އަތްލާ ޖިންސީ ގޯނާކުރިކަމަށް އެ އަންހެންމީހާ ބުނިކަމަށެވެ.

އަދި އެމީހުންގެ އަމަލުތައް ހުރިގޮތުން އެފަދަ ކަމެއް ތަކުރާރުކޮށްފާނެތީ، ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި ދެމީހުން އައިސް ޑިންގީއަށް ނަގައިގެން އޭނާ ޖެޓީއަށް ބޭލިކަމަށްވެސް ފުލުހުން ވަނީ އޭނާއާއި ހަވާލާދީ ބުނެފައެވެ.

ފުލުހުން ވަނީ އެ މައްސަލަ ހުށައެޅުމުން އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓަކަށް ވާތީ، އެ ދެ ފިރިހެނުން އެތަނުން ހައްޔަރު ކުރެވުނު ކަމަށާއި އަނިޔާ ލިބުނު އަންހެންމީހާ 26ވަނަ ދުވަހުގެ ހެނދުނު ގެންގޮސް ހޮސްޕިޓަލަށް ދެއްކުނު ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 39 އަހަރުގެ ދެ ފިރިހެނުން ދޫކޮށްލީ، އެވަގުތަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނާއި ޚިލާފަށް، އޭނާގެ ފަރާތުންކަމަށް ބުނެ މީޑިޔާގައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އޭނާއާއި ސުވާލުކުރުމުން ފުލުހުންނަށް ދިނީ ކަން ހިނގައިދިޔަ ގޮތުގެ ބަޔާން ކަމަށާއި، އެއްވެސް މީޑިޔާއަކަށް މައުލޫމާތު ދީފައި ނުވާނެކަމަށް ބުނެފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މީޑިޔާގައި އޭނާގެ ފޮޓޯ ހާމަކޮށް، ހަގީގަތާއި ޚިލާފް މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، އޭނާގެ ފޮޓޯއާއި މައުލޫމާތު ނަގައިދޭން އެދިފައިވާކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި މައްސަލައިގައި އަނިޔާވި ފަރާތަށް ވިކްޓިމް ސަޕޯޓް ޑިޕާރޓްމެންޓުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެއްވެސް ނުފޫޒެއްނެތި ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
20 Sep 2026
"ވޯލްޑް ކްލީނަޕް ޑޭ 2026" ހަރަކާތުގެ ތެރެއިން 282 ކިލޯގެ ކުނި ނަގައިފި
"ސާފުމާދަމާއެއް" ގެ ނަމުގައި ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި ތިމާވެށީގެ ޖަމާޢަތްތަކުގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އާދަ ފެތުރުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ.
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ