N/A
N/A
ހަބަރު 09 Jul 2020 | 16:17

ކުރީގެ ނޫސްވެރިޔާ މެންބަރު ވިޝާމް ހިމެނޭ ކޮމިޓީން މީޑިއާތައް ޖޫރިމަނާ ކުރުމަށްކުރާ މަސައްކަތުގެ ކުރީ ސަފުގައި!

މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑައި ހިލާފަށް އަމަލުކުރާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް ހަދަން ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އަންގައިފިއެވެ.

އެމްއެމްސީއަށް މިކަން އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް މަޖިލީހުގެއަމީން އާއްމު ފާތުމަތު ނިއުޝާ ސޮއިކުރައްވާ މިމަހުގެ އެއް ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި އެ ސިޓީގައި ބުނެފައިވާގޮތުން ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީޑިއާތައް ޖޫރިމަނާކުރުމަށް ބާރު އަޅައި މީޑިއާ ކައުންސިލްއަށް މަޖިލީހުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު އެ ކިމިޓީގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ވިޝާމް ހިމެނިވަޑައިގަންނަވައެވެ.

ނިމި ދިޔަ ސަރުކާރުގައި އެތައް ޖޫރިމަނާއަކާއި، ލިޔުނު ހަބަރާއި ގުޅިގެން އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށް މީޑިއާގެ މިނިވަންކަމުގެ އަޑު އުފުއްލެވި ވިޝާމް މިއަދު މީޑީއާގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތް ހަނު ހުންނެވުމުން މީޑިއާގެ ބައެއްފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވިޝާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މުޤައްރިރު މެންބަރު ރޮޒައިނާ އާދަމްވެސް އަންނަނީ މީޑިއާއަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންކަމަށް މީޑިއާ ކައުންސިލުން "ވޮއިސް" އާއި ވާހަކަ ދެއްކެވި މެންބަރުން މައުލޫމާތު ދެއްވާފައިވެއެވެ.

މަޖިލީހުން މީޑިއާތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައި، ޖޫރިމަނާ ކުރުމަށް ގޮވާލާފައި މިވަނީ ނުފޫޒް ގަދަ ބަޔަކު ސަފާރީއެއްގައި ކުރި ރޭޕްގެ ހާދިސާ މީޑިއާ ތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ރޯޔަލް ރޭޕްގެ ނަމުން މަޝްހޫރު މި ރޭޕް ކޭސްގެ ގައި ތުހުމަތު ކުރެވިފައިވަނީ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުންނަށެވެ. އެ މައްސަލަ ބަލަން ނިންމާފައިވަނީވެސް މަޖިލީހުންކަން ފާހަގަކޮށްލަންޖެހެއެވެ. މިއާއެކު އަންހެނުންގެ ހައްޤަށް މަސައްކަތް ކުރާ ވަކީލާ ޝަފީއާ ރިޒާ ވަނީ މިފަދައިން ކަން ކޮށްފި ނަމަ މަޖިލީހުގެ މައްސަލަ ކޯޓަށް ވައްދާނެކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 
23 Oct 2026 ހަބަރު

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 

މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫ ގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން
23 Oct 2026 ހަބަރު

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން

އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ.

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ
23 Oct 2026 ހަބަރު

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ

. އެ އަމުރު ނެރުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި
23 Oct 2026 ހަބަރު

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް
23 Oct 2026 ހަބަރު

މާދަމާވެސް މޫސުން ގޯސްވާނެ؛ މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓް

މާދަމާވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށާ، ރާއްޖޭގެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް( އިން ލަފާކޮށްފިއެވެ.