11 Jul 2020 | 14:22
މީޑިޔާގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އިދިކޮޅުން ގޮވާލައިފި

މީޑިޔާގެ މިނިވަންކަމަށް ހުރަސްއެޅުމަށް މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިފަދައިން ގޮވާލާފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނީ ރާއްޖޭގެ މީޑިއާތައް ޖޫރިމަނާކުރެވޭނެ ޤަވައިދެއް ހެދުމަށްފަހު ވަކި ތާރީޚެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރާކަމަށާއި، މިއީ މިނިވަން މީޑިއާއަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުންކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޚާއްޞަކޮށް މިހާރު ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި، އަދި ދާދި ފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ ޢަމަލުތަކާ ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެމީޑިއާތަކުގެ މައްސަލަ ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭ ކަމަށްބުނެ ވަރަށްބޮޑަށް އަޑުގަދަކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި ޢަމަލެއްކަމަށް ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ މީޑިޔާއަކީ ޑިމޮކްރެސީގެ 4 ވަނަ ބާރުކަމަށާއި މިނިވަން މީޑިއާގެ މުހިންމުކަމަށް ވަކާލާތުކުރަމުންއައި ފަރާތްތަކުން ވެރިކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށްވެސް ވަނީ ބުނެފައެވެ.

"މިނިވަންކަމާއެކު ވަކިއަތަކަށް ނުޖެހި ޚަބަރާ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ފަހިކޮށްދޭން ޖެހޭނެއެވެ. ނަމަވެސް މަޢުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތު ކުރުން ގެންގުޅޭކަމުގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވެއެވެ. ހަމަ އެއާއެކު، މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވީހިނދު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ބާރުފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެތްކެކެވެ. އެހެންކަމުން މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރާ، މަޖލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށް މިކޯލިޝަނުން ގޮވާލަމެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމްއިން މިފަދައިން ބުނެފައިވާއިރު، މިދިޔަ ސަރުކާރުގައި މީޑިޔާތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިން ހައްޔަރުވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.